"އަޅުގަޑުގެ ފިރިމީހާ އަޅުގަނޑާ އަޅާނުލާތާ މިހާރު 2 މަސްވެއްޖެ. އަޅުގަޑަށް ނުފެނި
އެއްވެސް ހަރަދެއްވެސް ނުކުރޭ. އަޅުގަޑު ފިރިމިހާއަށް ވަރަށް އާދެސްކޮންފިން. އެކަމަކު އަދިވެސް އެއްވެސް ބަދަލެއްނާދޭ. މިހާލަތުގައި ވަރިވާން ފޯމްލުމަކީ ކޮންކަހަލަކަމެއްތޯ؟"
މި ޙާލަތުގައި "ޚުލްޢު" ވަރި އަކުން ވަރިވާން އެދެވިދާނެއެވެ.
"ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނިރޫޅާލުމަށް އެދުމެވެ.
މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސްދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއިދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެންބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްވުމަށްފަހު ކުފުރުވުމަށް އަހުރެން ނުރުހެމެވެ. (މާނައަކީ އިސްލާމްވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެސިފަ ގެންގުޅޭކަށް ތިމަންކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތް ބިން ގައިސް އާއިއެކު އުޅޭކަމުގައިވާނަމަ ނުކިޔަމަންތެރިވެވިދާނެއެވެ. ނުވަތަ ސާބިތްބިންގައިސްއާއެކު އުޅެންވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ.)
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ(ބަގީޗާ) އަނބުރާ ދެއްވާހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބުކުރައްވާ ހަދީޘްކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ." (ނަމަވެސް މިފަދަ ނިންމުމަކާ ހަމަޔަށް ދިއުމުގެކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތްކޮށް އެކަމަށް ތައުފީޤު ދެއްވަވާތޯ ދުޢާކުރަންވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙްފ ިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ.
"އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އެއެއްޗެއް ތިމާގެ އަތުން ބީވެގެން ދިޔުމުންނެވެ.")
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް