މީހަކު މަރުވުމުން އެކަމުގެ ހިތާމައިގަ ބައިވެރިވާން މުސްލިމުން ޢަމަލުކުރަންޖެހޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
މީހަކު މަރުވުމުން އެކަމުގެ ހިތާމައިގަ ބައިވެރިވާން މުސްލިމުން ޢަމަލުކުރަންޖެހޭނެ ގޮތް-

ތަޢުޒިޔާ ކިޔުމަކީ: ހިތާމައެއް މުޞީބާތެއް ކުރިމަތިވެފައިވާ މީހާއަށް ހިތްވަރުދީ އޭނާގެ ހިތާމާގައި ބައިވެރިވުމެވެ. މިގޮތުން މުޞީބާތް ޖެހިފައިވާ މީހާގެ ހިތްހަމަ ޖައްސައިދެވޭނެ ގޮތަކަށް އެކަން ކުރިޔަށް ގެންދެވިދާނެއެވެ. 

މިގޮތުން އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ގޮތަށް އެކަން ކުރުމެވެ. އެކަލޭގެފާނުގެ އަންހެން ދަރިކަނބަލެއްގެ ފިރިހެން ދަރިކަލަކު އަވަހާރަވެއްޖެ ކަމުގެ ޚަބަރު ދިނުމަށް މީހަކު އައުމުން އެމީހާ އަށް ދެންނެވިއެވެ.

(ارجعفأخبرهاأنللهماأخذ ، ولهماأعطى ، وكلشيءعندهبأجلمسمى ، فمرهافلتصبرولتحتسب) 

މާނައަކީ: "އެކަމަނާގެ އަރިހަށް އެނބުރިގޮސް ދަންނަވާށެވެ. ހަމަކަށަވަރުން ﷲ ގެންދެވި އެއްޗެއް މިލްކުވޮޑިގެންވަނީ ކަލާންގެއަށެވެ. އަދި ދެއްވި އެއްޗެއްވެސް މިލްކުވެވޮޑިގެންވަނީ އެކަލާންގެއަށެވެ. ކޮންމެ އެއްޗަކަށްވެސް ﷲ ގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ އަޖަލެއްވެއެވެ. ކެތްތެރިވުމަށާއި ދަރުމައާއި ޘަވާބު ﷲގެ ޙަޟްރަތުން އެދުމަށް އެކަމަނާ އަށް އަމުރު ކުރައްވާށެވެ". 

އަޅުގަޑުމެން މުސްލިމުންކަމަށްވީތީވެ، ކޮންމެ ޢަމަލެއްގައިވެސް ބަލަން ޖެހޭނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމެއް ކުރެއްވި ގޮތަށެވެ. އަދި އެއަށްފަހު ސަލަފުއްޞާލިޙުންގެ ކިބައިން އެކަމެއް ކުރައްވާފައިވާ ގޮތެވެ. ފަހަރެއްގައިވެސް ބަޔަކު މީހުންކަންތައް ކުރާގޮތް ކޮޕީކޮށްގެން އެގޮތް ޕްރޮމޯޓްކޮށް ހަދައިގެން ނުވާނެއެވެ. 

އެހެންކަމުން، ހިތާމަ ފާޅުކުރުމުގެ ނަމުގައި ކަޅުކުލައިގެ ހެދުންލާ، ފައިގާ ރިބަންފަށް އައްސާ، މަރުވިމީހުންގެ ހަނދާނުގައި ސުކޫތު ގެނެސް ހެދުމަކީ ރަގަޅު ކަންތައްތަކެއް ނޫނެވެ. އަދިކިއެއްތަ، އެއީ އަޅުގަޑުމެން އެބަޔަކާ ޚިލާފުވުމަށް އަމުރުކުރައްވާފައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ޘަގާފަތްތަކެވެ. 

މީގެ އިތުރުން މީހަކު މަރުވުމުން ނުވަތަ މުޞީބާތެއް ޖެހުމުން ކަޅުކުލައިގެ ހެދުމެއް ލުމުން ދޭހަވަނީ ﷲ މިންވަރު ކުރެއްވިގޮތާއި މެދު ހިތްހަމަ ނުޖެހި ރުޅި އައިސްގެން އުޅޭކަމެވެ. ގަޟާގަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާން ނުވެވޭ ކަމެވެ. ވީމާ، މިފަދަ ކަންތައްތަކުން ދުރުހެލިވާން ޖެހޭނެއެވެ. މިއީ ރަގަޅުކަންތައްތަކެއްނަމަ ސަލަފުންގެ ކިބައިން އެކަން ޘާބިތުވީހެވެ. ނަމަވެސް އެފަދަ އެއްވެސް އިޝާރާތެއް ނެތުމުގެ މާނައަކީ މިއީ އަޅުގަޑުމެން 100% މުސްލިމުން ގަބޫލުކުރަން ޖެހޭ ޢަގީދާ އެއް ނުވަތަ ކޮޕީ ކުރަން ޖެހޭ ޘަގާފަތެއް ނޫންކަމެވެ. 

ހިތާމަ ފާޅުކުރުމުގެ ގޮތުން މުޞީބާތް ޖެހިފައިވާ މީހުންނަށް އެހީތެރިވެދީ، އެމީހުން ކޮޅަށް ޖެހޭތޯ މަސައްކަތް ކުރުން މާރަގަޅެވެ. ކަޅުކުލައިގެ ރިބަންފަށެއް އައްސާފައިވުމަކުން، ނުވަތަ މަރުވިމީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަކުން ހިތާމަ ލިބުނު ޢާއިލާ ތަކަށް ލިބޭނީ ކޮން ހިތްހަމަ ޖެހުމެއްތޯއެވެ؟! واللهأعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން