އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ބޭލުން ހުއްދައީ އަދި ބަހައްޓަންޖެހެނީ ކޮން އިސްތަށްޓެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ބޭލުން ހުއްދައީ އަދި ބަހައްޓަންޖެހެނީ ކޮން އިސްތަށްޓެއް؟

އަންހެނުންނަށްވެސް އަދި ފިރިހެނުންނަށް ބޭލުން ހުއްދަވެގެންވަނީ އަދި ނުބާލައި ބަހައްޓަންޖެހެނީ ކޮން އިސްތަށްޓެއް؟ ކަމާއިމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ބޭލުން ހުއްދަވެގެންވާ އިސްތަށްޓާއި ހުއްދަ ނޫން އިސްތަށި އެމީހުންގެ ގައިގައިވެއެވެ.

ފިރިހެނުންނަށް ތުނބުޅިބޭލުމާއި ބުމައިން އިސްތަށިކޮށުން ހުއްދަވެގެނެއް ނުވެއެވެ. އަދި އަންހެނެއްގެ ތުނބުޅީގައި އިސްތަށިފަޅައިފިނަމަ ބާލަން ޖެހެއެވެ. އެކަނބަލުންނަށް ވެސް ބުމަކޮށައި ގޮތްގޮތް ހެދުން ހުއްދަވެގެނެއް ނުވެއެވެ.

ބުމަކޮށާ އަންހެނުންނަށާއި ކޮށައިދޭ މީހާއަށް ލަޢްނަތް ރަސޫލް ﷺ ލަޢްނަތް ލެއްވެވިކަން ޙަދީޘްފުޅުން ސާބިތުވާން އެބަ އޮތެވެ.

ދެކިހިލިފަތްދަށާއި ތިރީގައި ހުންނަ އިސްތަށި ކޮންމެ ސާޅީސް ދުވަހަކުން އުފުރަން ނުވަތަ ބާލަން ޙަދީޘްފުޅުގައި އެބަ އޮތެވެ.

އަންހެނުންގެ ބޯ ބޭލުން (ޞިއްޙީ ސަބަބަކަށް މެނުވީ) ހުއްދައެއް ނޫނެވެ. ފިރިހެނުންނަށް ހުއްދައެވެ. އަންހެނުންގެ އަތާއި ފައިގައި ފަޅާ އިސްތަށި އެކަނބަލުން ބޭނުންނަމަ ބޭލިދާނެއެވެ. އަދި ބެހެއްޓިވެސްދާނެއެވެ. އެކަމަކުން އެއްވެސް މައްސަލައެއް ނެތެވެ.

--ޝައިޚް ޢާޞިމް އަލްޙަކީމް

 

 

ގުޅުންހުރި ވީޑިއޯ: https://www.facebook.com/MarriageSunnah/videos/326873285473107

https://www.facebook.com/MarriageSunnah/videos/326873285473107

 

 

މިއަދު އޮންލައިން