ޢަމަލެއް އަޅުކަމަކަށްވާނެ 2 ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޢަމަލެއް އަޅުކަމަކަށްވާނެ 2 ސިފަ-

ޢަމަލެއްގައި ދެ ސިފައެއް ފުރިހަމަވެއްޖެނަމަ (އެޢަމަލެއް އަޅުކަމަކަށް ވާނެ) އެވެ. އެއީ:

(އެކަލާނގެ ދެކެ) ފުރިހަމަވެގެންވާ ލޯތްބެއްވުމާއިއެކު،

(އެކަލާނގެއަށް) ފުރިހަމައަށް ކިޔަމަންތެރިވުމެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

﴿وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّـهِ﴾ البقرة: ١٦٥ 

މާނައީ:

"އަދި އީމާންވި މީހުން ﷲ ދެކެ ވާ ލޯބި މާބޮޑެވެ." 

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. 

﴿إِنَّ الَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ﴾ المؤمنون: ٥٧ 

މާނައީ:

"ހަމަކަށަވަރުން، އެބައިމީހުންނީ، އެބައިމީހުންގެ ވެރިއިލާހަށް ބިރުވެތިވުމުން އެކަލާނގެ އަޒާބަށް ބިރުވެތިވާ މީހުންނެވެ." 

ހަމަމިފަދައިން މި ދެ ސިފަ އެއްކޮށް ބަޔާންކުރައްވާ ވަޙީ ކުރައްވާފައިވެއެވެ. 

﴿إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ﴾ الأنبياء: ٩٠ 

މާނައީ:

"ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތައްތަކަށް އަވަސްވެ، އަދި ތިމަން އިލާހަށް އެދުމާއި، ބިރުވެތިކަމާއެކު ދުޢާ ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަން އިލާހަށް މަޑުމޮޅިވާ ބައަކުކަމުގައި އެ ބޭކަލުން ވިއެވެ. " 

- ޝައިޚް މުޙައްމަދު ސިނާން

 

މިއަދު އޮންލައިން