ސިޙުރު ޖެހިފައިވާކަމަށް ޝައްކު ކުރެވޭ ނަމަ އެ ސިޙުރު ހަދާފަ ވަޅުލި އެއްޗެއް ހޯދުމަށާ ބާޠިލްކުރަން ކުރެވިދާނެ ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ސިޙުރު ޖެހިފައިވާކަމަށް ޝައްކު ކުރެވޭ ނަމަ އެ ސިޙުރު ހަދާފަ ވަޅުލި އެއްޗެއް ހޯދުމަށާ ބާޠިލްކުރަން ކުރެވިދާނެ ކަމެއް-

ތިޔަ ސުވާލުގެ ޖަވާބުގައި އައްރާގީ އަޖްނާދު ޢަލީ ޙަފިޡަހުﷲ ވިދާޅުވެފައިވެއެވެ.

ސިޙުރު ޖެހިފައިވާކަމަށް ޝައްކު ކުރެވޭ ނަމަ ވަޅުލާފައިވާ ސިޙުރުހޯދުމަށްޓަކައި، ދަމުނަމާދު ކުރުމަށްފަހު، އެސިޙުރެއް ދެއްކެވުން އެދި، އަދި އެ ސިޙުރު އޮތްތަން ދެއްކެވުމަށާއި އެ ބާޠިލް ކޮށްދެއްވުން އެދި ދުޢާކުރުމަށް ފަހު ނިދާށެވެ. 

މި ގޮތަށް ކަންތައް ކުރުމުން ﷲއިރާދަކުރެއްވިއްޔާ ސިޙުރު ހުރިތަން ފެންނާނެއެވެ. މިގޮތަށް ކަން ކުރުމުންވަރަށް ގިނަފަހަރަށް ،  ސިޙުރު ވަޅުލާފައިވާތަން ހުވަފެނުގައި ފެނިފައިވެއެވެ . 

- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން