ތިލާވަތުގެ ސަޖިދައިގަ ކިޔާނެ ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ތިލާވަތުގެ ސަޖިދައިގަ ކިޔާނެ ދުޢާ-

ތިލާވަތުގެ ސަޖިދަ ކުރުމަކީ ސުންނަތެކެވެ. ޤުރުއާން ކިޔަވަމުންދާއިރުސަޖިދަ ޖަހަންޖެހޭތަންތަނުގައި ކިޔާދުޢާ އަކީ މިއެވެ

{ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ} أخرجه الترمذي وقال: حديث حسن صحيح .

މާނައީ: ”އެފަރާތެއްގެ ކުޅަދުންވަންތަކަމާއި، ބާރުފުޅުން މިއަޅާގެމޫނުހައްދަވައި އެމޫނުގެ އިވުމާއި ފެނުން ހާމަކުރެއްވި ފަރާތަށް މިއަޅާގެމޫނު ސަޖިދަކޮށްފިއެވެ. ފަހެ ﷲގެ މަތިވެރިކަމާއެވެ! އެއީ އެންމެ ރިވެތިކޮށްހައްދަވާ ޚަލްޤުކުރައްވާފަރާތެވެ". 

އަދި މިދުޢާ ކުރިނަމަވެސްރަނގަޅެވެ.

اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا ، وَضَعْ عَنِّي بِهَا وِزْرًا ، وَاجْعَلْهَا لِي عِنْدَكَ ذُخْرًا ،وتَقْبَلْهَا مِنِّي كَمَا تقَبلْتهَا مِنْ عَبْدِكَ دَاوُدَ } حسن صحيح الترمذي

މާނައީ: ”އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މިސަޖިދައިގެ ސަބަބުން އިނބަﷲގެ ޙަޟްރަތުގައި އަޖުރެއް ލިޔުއްވާނދޭވެ! އަދިމިސަޖިދައިގެ ސަބަބުން މިއަޅާގެ ކިބައިން ފާފަފުއްސަވާނދޭ! އަދިމިއަޅާއަށްޓަކައި ފަހަށް ރައްކާކުރެވިފައިވާ ހެޔޮޢަމަލެއް ކަމުގައި މިސަޖިދަ ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ އަޅާ ކަމުގައިވާ ދާވޫދުގެފާނުކިބައިން މިސަޖިދަ ޤަބޫލުކުރެއްވިފަދައިން މިއަޅާގެ ކިބައިންވެސް މިސަޖިދަޤަބޫލުކުރައްވާނދޭވެ!              

. ޢިލްމުވެރިން އަރިހުގައި ރާޖިޙް ގޮތަކީ (އެންމެރަނގަޅު ގޮތަކީ) ތިލާވަތުގެސަޖިދައިގައި ސަލާމްދޭކަށެއް ނުޖެހޭނެވެ. އެއީ އެކަމާއި ބެހޭގޮތުން އެއްވެސް ދަލީލެއް ވާރިދުވެގެން އައިސްފައި ނުވާތީއެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން