ގޯހީ ބޭސްވެރިކަމެއްވެސް، ރުޤްޔާއެއް ވެސް ނޫން! ގޯހީ އެނަމުގައި އެ ނުބައި ޢަމަލް ހިނގާ ޝައިޠާނުން: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ގޯހީ ބޭސްވެރިކަމެއްވެސް، ރުޤްޔާއެއް ވެސް ނޫން! ގޯހީ އެނަމުގައި އެ ނުބައި ޢަމަލް ހިނގާ ޝައިޠާނުން: ޝައިޚް ޝާފިޢު

މިހާރަކަށް އައިސް ރުޤްޔާކުރާ މީހުން ދަނީ ބޮޑުތަނުން ގިނަވަމުންނެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން މުދައު ވިއްކަމުން ހިނގާ އުޞޫލުން އެކަންކުރާ މީހުންވެސް އުޅޭކަމާއި އެމީހުންގެ ކިބައިން ތަފާތު ކަންކަން ކުރިމަތިވާ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

އެންމެ މުހިންމީ ރުޤްޔާ ކުރުވާ މީހާ ހޭލުންތެރިވުމެވެ. މިވެނި މީހަކު މިވެނި މީހަކީ ވަރަށް މޮޅު މީހެކޭ ބުނުމުން އެކަމުގެ ތެދުކަން ބަލައިލަންވެސްވާނެއެވެ. އެމީހާގެ ޢިލްމީ ފެންވަރާއި އެމީހަކު ދަސްކުރިގޮތަކާއި އެންމެ ކުޑަމިނުން ސަނަދެއް އެއްޗެއް އޮތްތޯވެސް ބަލައިލަންވާނެއެވެ.

ދީނީ ޢިލްމުވެރިންނަށް (ޝައިޚުންނަށް) އިތުބާރުކުރާހައި ފަސޭހައިން ފެންނަހައި މީހަކަށް އިތުބާރުކުރާކަށް ނުވާނެއެވެ. މިބުނަނީ އެއްވެސް ޙާލެއްގައި ވަކިބައަކީ ގޯސްބައެއް ކަމަކަށް ނޫނެވެ. މިހެން ބުނަން މިޖެހެނީ ސަބަބެއް އޮވެގެންނެވެ. "އަހަރެމެންގެ އަގުވެއްޓެމުން މިދަނީ ހަމަ އަހަރެމެންގެ ތެރެއިން ބައަކަށް ކަންކަން ކުރެވޭގޮތުން" ކަމަށް ރުޤްޔާކުރާ ބައެއް މީހުން ބުނާތީއެވެ.

ކޮންމެއަކަސް މިކަމުގައި ޝައިޚް ޝާފިޢު ވިދާޅުވެފައިވަނީ މިފަދައިންނެވެ.:

ނިދުމުގެ ކުރިން ކުރުސި ކިޔެވުމަކީވެސް ރުޤްޔާ ކުރުމެވެ. ރުޤްޔާއަކީ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަތުމަށް އެދި ކުރެވޭ ދުޢާތަކާއި ޒިކުރުތަކާއި ޤުރުއާނުގެ އާޔަތްތައް ކިޔެވުމާއި ، ދުޢާތަކާއި އާޔަތްތަކެވެ. އެކަންކަން ކުރަން އެނގޭ ކޮންމެމީހަކަށް އެމީހާގެ އަމިއްލަ ނަފްސަށްވެސް ރުޤްޔާ ކުރެވޭނެ އެވެ!

ޙަޤީޤަތަކީ ބޭސްވެރިކަމުގެ ނަމުގައި މީހުން ރޭޕްކުރާ މެޑިކަލް ޑަކްޓަރުން އުޅޭ ފަދައިން ރުޤްޔާކުރުމުގެ ނަމުގައި ވެސް މީހުންނަށާއި ކުދިންނަށް ޖިންސީގޯނާކުރާމީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަމެވެ. ގޯހީ ބޭސްވެރިކަމެއްވެސް، ރުޤްޔާއެއް ވެސް ނޫނެވެ ! ގޯހީ އެނަމުގައި އެ ނުބައި ޢަމަލް ހިންގާ ޝައިޠާނުންނެވެ!

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން