އަންހެނެއްގެ ފުރަގަސް ފަރާތް ބޭނުން ކުރުމަށް ޝަރްޢީ ގޮތުން ލިވާޠެއް ނޫނެވެ. އެހެންނަމަވެސް އެއީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.
(ملعون من أتى امرأة في دبرها)
މާނައަކީ: "އަންހެނެއްގެ ފުރަގަސްފަރާތް ބޭނުން ކުރި މީހަކަށް ލަޢްނަތް ހުއްޓެވެ". އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ.
(من أتى حائضا أو امرأة في دبرها أو كاهنا فقد كفر بما أنزل على محمد)
މާނައަކީ: "ޙައިޟުވެފައިވާ އަންހެނަކާއި ޖިމާޢުވެއްޖެމީހާ އާއި، އަންހެނުންގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހާ އާއި، ކާހިނެއްގެ ގާތަށްގޮސްފިމީހާ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެއެވެ".
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް