ލިޔުމުގައިވާ ފޮޓޯއިން ތިއަފެނިވަޑައިގަންނަވަނީ މަދީނާގެ އުތުރުގައިވާ އުޙުދު ފަރުބަދައެވެ. ޙައްޖަށާއި ޢުމްރާއަށްދާ މިހުން މަދީނާއަށް ކުރާ ދަތުރުގައި މިފަރުބަދަ ބަލައިލަން ދެއެވެ. ވީމާ އެ ފަރުބަދައަކީ އަޅުގަނޑުމެންގެތެރެއިން ގިނަބައަކަށް ފެނިފައިވާބެ ފަރުބަދައެކެވެ.
އުޙުދު ހަނގުރާމަ ހިނގީ މި ފަރުބަދައިގެ ކައިރީގައެވެ. މި ފަރުބަދައިގެ އުސްމިނުގައި ގާތްގަނޑަކަށް 1 ކިލޯ މީޓަރ އަދި ފުޅާމިނުގައި ގާތްގަނޑަކަށް 7.5 ކިލޯމީޓަރ ހުރެއެވެ.
މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އެކަމުން ލިބޭ ޘަވާބަށް އީމާންވެ އަދި އެކަމަށް އެދިގެން، އޭނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާ ނިމެންދެން އެކަމުގައިވާ މީހާއަށް ދެ ޤީރާޠުގެ އަޖުރު ލިބޭނެކަމަށާއި ކޮންމެ ޤީރާޠެއް އުޙުދު ފަރުބަދައާ އެއްވަރުކަމަށް ޙަދީޘް ބަސްފުޅުގައިވެއެވެ. (ސަޙީޙުލް ބުޚާރީ 47)
ސުވާލަކީ މިފަރުބަދަ ލޮލަށް ފެނި މި ޙަދީޘްފުޅު އެނގޭއިރުވެސް ޖަނާޒާތަކުގައި ބައިވެރިވާން ތިބާ ކަންނެތްކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެހައި ގިނަ ޘަވާބު ދެއްވަވާނެކަންކަން އެނގޭއިރުވެސް ހަމަ ބޭނުން ނުވަނީހެއްޔެވެ؟
ޙަދީޘްފުޅާއި މަޢުލޫމާތު: ދިސަލަފިއްޔާ