ދެރަވާންވީ ކީއްވެ؟ ތިބާގެ ޙަޔާތުން މީހަކު ވަކިކުރައްވަވަނީ އެމީހަކާއެކުގަ ހުރުމުން ތިބާގެ އާޚިރަތަށް ފައިދާއެއް ނުކުރާނެތީކަމަށް ބަލާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދެރަވާންވީ ކީއްވެ؟ ތިބާގެ ޙަޔާތުން މީހަކު ވަކިކުރައްވަވަނީ އެމީހަކާއެކުގަ ހުރުމުން ތިބާގެ އާޚިރަތަށް ފައިދާއެއް ނުކުރާނެތީކަމަށް ބަލާ!: މުފްތީ މެންކް

"ބައެއްފަހަރު ތިބާގެ ޙަޔާތުން މީހަކު ވަކިކުރައްވަވަނީ ތިބާގެ ޙަޔާތުގައި އެމީހަކު ހުރުމުން ތިބާގެ އާޚިރަތަށް އެއްވެސް ފައިދާއެއް ނުކުރާނެތީކަމުގައިވެދާނެއެވެ. ވީމާ އެއްވެސް މީހަކާއި ވަކިވާންޖެހުމަކީ ކަންބޮޑުވެ ޝަކުވާކުރަންޖެހޭ ކަމެއް ނޫނެވެ. އުފާކުރަންޖެހޭނެ ކަމެކެވެ. އެކަން މެދުވެރިކުރެއްވެވި ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

އަހުރެންގެ ނަޞޭޙަތަކީ އެމީހެއްގެ ސަބަބުން ތިބާގެ އާޚިރަތަށް ފައިދާއެއް ނުކުރާނެ މީހަކު ތިބާއާއި ވަކިވިނަމަވެސް ކަންބޮޑުވެ ފަހަތުން ނުދުވުމެވެ. ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވުމެވެ. ތިމާގެ އުޚުރަވީ ޙަޔާތް އާރާސްތުކުރަން ލިބޭ ފުރުޞަތުގެ ބޭނުން ހިފައި އެމަގުގައި ކުރިއަށްދާން މަސައްކަތްކުރުމެވެ." 

މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރިބަސްފުޅެކެވެ. 

ޙަޔާތުގައި މީހުންނާއި ވަކިވާންޖެހޭ 2 ޙާލަތެއްވެއެވެ. އެއް ޙާލަތަކީ ޙަޔާތުގެ ބައިވެރިޔާ ތިމާއާއި ވަކިވުމެވެ. ތިމާ ދޫކޮށްދިއުމެވެ. ދެވަނަ ޙާލަތަކީ އެކަކު މަރުވުމެވެ. 

މިއިން ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް ކެތްތެރިވާށެވެ! އެކަން އެގޮތަށް މިންވަރުކުރެއްވެވުމުގައި ޙިކުމަތެއް އޮންނާނެކަން ޤަބޫލުކުރާށެވެ! މުފްތީ މެންކް ނަޞޭޙަތްތެރިވެވަޑައިގެންފައި އެވަނީ ތިބާގެ ކުށެއް ނެތި ތިބާ ދޫކޮށްފައި ބައިވެރިޔާ ދިއަނަމަވެސް ފަހަތުން ނުދުވުމަށެވެ. 

ޚާއްޞަކޮށް އެމީހަކީ ދީންވެރި، ތަޤްވާވެރިއަކު ކަމުގައި ނުވާނަމަ އެވަކިވުމަކީ ލެއްވެވި ރަޙްމަތެއް ކަމުގައި ޤަބޫލުކުރުމަށެވެ. ޚާއްޞަކޮށް އެހިސާބުން ފެށިގެން ތިމާ ﷲ ތައާލާ އާއި އިތުރަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ. 

ތެދަށް ބުނާނަމަ ޙަޔާތުގެ ބައިވެރިޔާ އާއި ވަކިވާންޖެހުމަށްވުރެ ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ދިއުމުން ދެރަވެ ކަންބޮޑުވާ މީހުން މަދެއް ނޫނެވެ. އެފަދަ ޙާލަތުގައިވެސް ވިސްނަންވީ ހަމަ މިފަދައިންނެވެ. އެމީހަކު ތިމާ އާއި ވަކިވެގެން އެދިއައީ އެކަމުން ތިމާއަށް ކުރަން އޮތް ފައިދާ މާބޮޑުވީމައި ކަމަށެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވަން މެދުވެރިކުރެއްވެވި ގޮތެއް ކަމަށެވެ. 

މިއަދު އޮންލައިން