ދަރިންނަކީ ހެޔޮލަފާ ތަޤްވާވެރިންކަމުގަ ހަދަން ބޭނުންނަމަ މިކަންކަމަށް ސަމާލުކަން ނުދީ ކާމިޔާބެއް ނުކުރެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަރިންނަކީ ހެޔޮލަފާ ތަޤްވާވެރިންކަމުގަ ހަދަން ބޭނުންނަމަ މިކަންކަމަށް ސަމާލުކަން ނުދީ ކާމިޔާބެއް ނުކުރެވޭނެ!: މުފްތީ މެންކް

ކޮންމެ މައަކުވެސް ބަފައަކުވެސް ބުނާނީ އެމީހުންގެ ދަރިންނަކީ އެންމެ ތަޤްވާވެރި ކުދިންކަމުގައި ހަދަން ބޭނުންވާކަމަށެވެ. ސުވާލަކީ އެއީ ބޭނުންވާކަމެއްކަމަށް ބުނެލުމުން އެކަން ޙާޞިލުކުރެވޭނެ ހެއްޔެވެ؟ 

ފުރަތަމަ ކަމަކަށް ދެމަފިރިންގެ އަޚްލާޤް ރިވެތިކުރާށެވެ! ވާހަކަދައްކާ ބަސްމަގު ރިވެތިކުރާށެވެ! ޢަމަލުތައް ރިވެތިކުރާށެވެ. އެކަންކަން ނުކުރެވޭނަމަ އެކުދިންނަށްވާނީ ކިހިނަކުންހެއްޔެވެ؟ އެކަމަށް ނިކަން ވިސްނައިލަބަލާށެވެ! 

ދުނިޔެ މިދަނީ ކުރިއަރަމުންނެވެ. ޚާއްޞަކޮށް ނުބައި ޢަމަލުތައް ކުރުމުގައި މިދަނީ މާބޮޑަށް ކުރިއަރަމުންނެވެ. އެހެންވީމާ މައިންބަފައިންގެ ކިބައިން ފެނުނީ ނުބައި ސިފައެއްގެ ނުވަތަ ނުބައި ކަމެއްގެ އަލިފްބާ ނަމަ އެކުދިންގެ ޢަމަލުތައް ޔާ އާއި ހަމައަށް އަރައިގެންދާނެކަން ޤަބޫލުކުރަންވާނެއެވެ. އެކަމަށް މައިން ބަފައިން ސަމާލުކަން ނުދީ ދަރިންނަކީ ހެޔޮލަފާ ތަޤްވާވެރިންކަމުގައިވުމަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

ލޮބުވެތި މައިންބަފައިންނޭވެ! މީހުން ދައްކާ ވާހަކައެއް ނޫނެވެ. ތަހުރިބާއިން އެނގޭ ގޮތުގައި އެންމެ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުވެގެން އަންނަނީ އެމީހުންގެ މައިންބަފައިންގެ ކިބައިން ރަނގަޅު ސިފަތައް ފެނުމުންނެވެ. އެމީހުންނަކީ ރަނގަޅު ބައަކަށްވުމުންނެވެ. 

އިތުރަށް ބުނާނަމަ އެންމެ ރަނގަޅު ނަމޫނާ ބައަކީ ޞަޙާބީންކަމުގައިވީ ކީއްވެގެންހެއްޔެވެ؟ އެއީ އެބޭކަލުން ނަމޫނާއަކަށް ބެއްލެވީ ދުނިޔެއިން ފެންނާނެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވުމުންނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ކަމުގައިވުމުންނެވެ. 

އެމީހަކު އެކުގައި އުޅޭ ބައަކީ ނުބައި ބައަކަށްވެއްޖެނަމަ އެކަމުގެ ނުބައި އަސަރު އެމީހަކަށް ކުރާނެކަން އަހުރެމެންގެ ދީނުން އެނގެން އޮތްއިރު ދަރިންނަށް އުޅެންޖެހިފައިވަނީ ނުބައި މައިންބަފައިން ނުވަތަ ބެލެނިވެރިންނާއިއެކުގައި ކަމަށްވެއްޖެނަމަ އެކަމުގެ އަސަރު ދަރިންނަށް ކުރާނެ މިންވަރާއިމެދު ވިސްނައިލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން