މޫދުގައި މަސްތައް އައިން އައިނަށް ދަތުރުކުރާ ގޮތަށް ބެލީމަ އަހަރެމެންގެ ދިރިއުޅުމަށް އެންމެ މުހިންމު ފިލާވަޅު ލިބޭކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މޫދުގައި މަސްތައް އައިން އައިނަށް ދަތުރުކުރާ ގޮތަށް ބެލީމަ އަހަރެމެންގެ ދިރިއުޅުމަށް އެންމެ މުހިންމު ފިލާވަޅު ލިބޭކަން އެނގޭތަ؟: މުފްތީ މެންކް

މޫދުގައި މަސްތައް އުޅޭގޮތަށް ނިކަން ބަލައިލަބަލާށެވެ! އެކަމަށް ނިކަން ވިސްނައިލަބަލާށެވެ! އެއިރުން އަހުރެމެންގެ ޙަޔާތުގައި މައްސަލަތައް ކުރިމަތިވާ ގޮތް އެނގޭނެއެވެ. މަގުފުރެދިގެންދެވޭ ގޮތާއި އިޞްލާޙްވެވޭގޮތް އެނގޭނެއެވެ. ޢާއިލީ ދިރިއުޅުން ޚަރާބުވާން މެދުވެރިވާ ސަބަބު ވިސްނޭނެއެވެ. 

މޫދުގައި މަސްތައް އައިންއައިނަށް ދަތުރުކުރާއިރު އަބަދުވެސް އެކުގައި ދަތުރުކުރާނީ އެއްބާވަތެއްގެ މަހެވެ. (މިޘާލަކަށް ކޯމަސް އައިނެއްގެ ތެރޭގައި ކަނޑުމަހެއް ދަތުރެއް ނުކުރާނެއެވެ. ބޮޑެތިވެގެން ފެމުނެއްވެސް ދަތުރެއް ނުކުރާނެއެވެ. ކޯމަސް އައިނުގައި ދަތުރުކުރާނީ ހަމަ ކޯމަހެވެ.) 

އަހުރެމެންގެ ޙަޔާތުގައި ހެޔޮލަފާ މީހުން ކަމުގައިވާން ބޭނުންނަމަ އުޅެންޖެހޭނީ ހެޔޮލަފާ މީހުންނާއިއެކުގައެވެ. ނުބައި ނުލަފާ މީހުންނާއިއެކުގައި އުޅޭނަމަ އެމީހަކުވެސް ވެގެންދާނީ ހަމަ އެމީހުން ފަދަ ނުބައި ނުލަފާ މީހަކަށެވެ. 

މިޘާލަކަށް ޑްރަގް ބޭނުންކުރާ މީހުންނާއިއެކުގައި އުޅެމުން މިސްކިތަކަށް ނުދެވޭނެއެވެ. މިސްކިތަށް ދާ މީހާވެސް މަޑުމަޑުން ފޭލްވަމުންގޮސް ބަދަލުވާނީ އެމީހުން ފަދަ މީހަކަށެވެ. ކައިވެނިކުރާއިރުވެސް ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނިކުރަން އޮންނަނީ އެސަބަބަށްޓަކައެވެ. ތަޤްވާވެރިކަމެއް ނެތް މީހުންނާއި ކައިވެނިކުރުމުން އޭނާފަދަ މީހަކަށް ތިމާވެސް ބަދަލުވެގެންދާނެތީއެވެ. 

ކައިވެނިކުރާއިރު ބަލަންޖެހޭނީ ހަމައެކަނި އެމީހާއަކަށްވެސް ނޫނެވެ. އެމީހަކާއިއެކުގައި އުޅޭ މީހުންނަށްވެސް ބަލަންޖެހޭނެއެވެ. އަދި އެމީހެއްގެ ޢާއިލާގެ މީހުން އުޅޭ ގޮތަށްވެސް ބަލަންޖެހޭނެއެވެ. ކައިވެންޏަށްފަހު މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ މިކަންކަމަށް ނުބަލައި ކައިވެނި ކުރެވޭ ކަމެވެ. 

މިމޭރުމުން ވާހަކަދެއްކުމުން ބައެއް މީހުން ސުވާލުކުރެއެވެ. "ކައިވެނިކުރަންވީ ބަލައިލަން ކަމުވެސް ނުދާ މީހުންނާއި ހެއްޔެވެ؟" އަހުރެންގެ ޖަވާބަކީ ނޫނެކެވެ. ބަލައިލަން ކަމުދާމީހަކު ހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ކުރިއަށް އޭނާގެ ތަޤްވާވެރިކަން ނެރޭށެވެ. އޭނާގެ ތަޤްވާވެރިކަމަށް އިސްކަންދޭށެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން