ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އެ ޚިދުމަތަކާ މެދު ޝުކުރުން ހިތް ފުރޭ ޚިދުމަތެއް: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އެ ޚިދުމަތަކާ މެދު ޝުކުރުން ހިތް ފުރޭ ޚިދުމަތެއް: ޤާސިމް އިބްރާހީމް

"ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހާ ނަރުހުންނަށާއި ނަރުހުންގެ ޢާއިލާތަކަށާއި، އެންމެހައި ސިއްހީ ޚިދުމަތްތެރިންނަށް އަރިސްކުރަމެވެ ޝައްކެތްނެތްގޮތުގައި ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އެ ޚިދުމަތަކާ މެދު ޝުކުރުން ހިތް ފުރޭ ޚިދުމަތެކެވެ. 

އިންސާނާއަށް އެންމެ އެހީތެރިކަމާއި އަޅާލުން ބޭނުން ވާ ވަގުތަކީ އޭނާ ބަލިހާލަތުގައިވާ ވަގުތެވެ. އެހެންކަމުން ނަރުހުން ހިނިތުންވުމާއި ލޯތްބާއި އޯގާތެރިކަމާއެކު އަޅާލާ އަޅާލުމަކީ ބަލިމީހާގެ ތަކްލީފުތައް ދުރުވެ، الله ތަޢާލާގެ އިރާދަފުޅާއެކު ބަލިފަސޭހަވުމަށްޓަކައި އޮންނަ ވަރަށް އަވަސް މަގެކެވެ. 

މިއަހަރުގެ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހާ ދިމާކޮށް، ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިންގ ކޯސް ހަދަމުންދާ ދަރިވަރުންނަށް، އަހަރަކު ތިން ސްކޮލަޝިޕް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ވިލާފައުންޑޭޝަން މެދުވެރިކޮށް ހަމަޖެހިގެން ދިއުމަކީ އަދި މީގެތެރެއިން އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް އެއް ސްކޮލަޝިޕް ހަމަޖެހިގެން ދިއުމަކީ ނުހަނު އުފާކުރާ ކަމެކެވެ. އެހެނީ އަހަރުމެންގެ ނަރުހުންނަކީ އަހުރުމެންގެ މުސްތަޤްބަލް" ކަމުގައިވުމަށްޓަކައި، ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާތީއެވެ."

- ޤާސިމް އިބްރާހީމް، ޖުމްހޫރީ ޕާޓީގެ ލީޑަރ 

މިއަދު އޮންލައިން