މިމަގުން ވިސްނައިފިނަމަ ހާސްވެ ކަންބޮޑުވުމުން މައްސަލަ ޙައްލުކުރަން މަސްތުވާތަކެއްޗާ އެފަދަ ބޭސް ބޭނުންކުރާ މީހުން ދުވަހަކުވެސް އެކަމެއް ނުކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މިމަގުން ވިސްނައިފިނަމަ ހާސްވެ ކަންބޮޑުވުމުން މައްސަލަ ޙައްލުކުރަން މަސްތުވާތަކެއްޗާ އެފަދަ ބޭސް ބޭނުންކުރާ މީހުން ދުވަހަކުވެސް އެކަމެއް ނުކުރާނެ! އިން ޝާ ﷲ

ކަލެއަކީ ކާރެއް ދުއްވާ މީހެކެވެ. ދުވަސްކޮޅެއްވީތަނާ އިންޖީނުގެ އަޑުމާގަދަވީއެވެ. ކާރުގައި އިންނަންވެސް އުނދަގޫވާވަރުވީއެވެ. ކާރު ގެންގޮސް ގަރާޖަކާ ޙަވާލުކުރީމާ މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި ގަރާޖުން މިބުނަނީ ކަންފަތުގައި އިއާފޯނެއް އަޅައިގެން ނުވަތަ ކަންފަތަށް އުނގުރިއެއް ޖަހައިގެން ކާރުދުއްވުމަށެވެ. 

އަހުރެންގެ ސުވާލަކީ ީ ކަންފަތުގައި އިއާފޯނެއް އަޅައިގެން ނުވަތަ ކަންފަތަށް އުނގުރިއެއް ޖަހައިގެން ކާރުދުއްވީމާ މައްސަލަ ޙައްލުވާނެ ހެއްޔެވެ؟ ކާރުގެ އިންޖީނުގެ އަޑު މަޑުވިކަމަސްވާނެ ހެއްޔެވެ؟ 

ﷲ ތަޢާލާ ގަންދީ ބުނަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ އެއްވެސް މައްސަލައަކާއި ގުޅިގެން އެކަން ޙައްލުކުރަން ނުވަތަ ސިކުނޑިއަށް ހަމަޖެހުން ހޯދަން ބަނގުރާބޮއު، މަސްތުވާތަކެތި ބޭނުންކޮށް އަދި އެފަދަ ބޭހެއް ކެއުމަކީ ހަމަ މިފަދަ ކަމެކެވެ. އެއިން އެއްވެސް ކަމެއް ކުރުމަކުން މައްސަލަ ޙައްލެއް ނުވާނެއެވެ. ސިކުނޑިއަށް ލުއިކަމެއްވެސް ނުލިބޭނެއެވެ. 

އެއްޗެތިތައް ކައި، ބޮއި ހެދީމާ އެވަގުތު ފިކުރުތަކާ ތަންކޮޅެއް ދިރިވެވިދާނެއެވެ. ހިނދުކޮޅެއްވާއިރަށް އޮންނާނީ މައްސަލަތަކުގެ ތެރޭގައި ފަތަންޖެހިފައެވެ. އެހެންކަމަށްވާއިރު އެކަމުން ލިބުނީ ކޮން ޙައްލެއް ހެއްޔެވެ؟ 

ކުރިމަތިވާ ކޮންމެ މައްސަލައެއްގެ ޙައްލުވެސް ލިބެން އޮތީ ﷲ ތައާލާގެ ޙަޟްރަތުންނެވެ. އެކަމަށް ﷲ ތައާލާ މިންވަރުކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޙައްލަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާށެވެ! ތަޤްވާވެރިކަން އިތުރުކުރާށެވެ. ދުޢާކުރާށެވެ. އެނޫން އެއްވެސް ގޮތަކުން އެއްވެސް ޙައްލެއް ނުހޯދޭނެއެވެ. ކަންފަތުގައި އިއާފޯނެއް އަޅައިގެން ނުވަތަ ކަންފަތަށް އުނގުރިއެއް ޖަހައިގެން ކާރުގެ އިންޖީނުގެ އަޑުމަޑުކުރަން އުޅޭ މީހުން ފަދަ މޮޔަބައަކަށް ނުވަމާ ހިނގާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން