ދިރިއުޅެމުން އަންނައިރު ތަފާތު ކަންތައްތައް ކުރިމަތިވާނެއެވެ. ބައެއް ކަންކަން ކުރިމަތިވުމުން އެކަން ކުރިމަތިވީ ސިޙުރަކުން ނުވތަ އެސްފީނާއަކުންކަމަށް ޝައްކުކުރެވޭނެއެވެ. އެޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ އެކަންކަން ދެނެގަންނަން އަމިއްލައަށް މަސައްކަތްކޮށްލުމެވެ. އެހެންވެ އެކަމަށް އެހީތެރިވުމުގެ ކުރެވިދާނެ ބައެއް ކަންކަން ބުނެލާނަމެވެ.
ރަނގަޅަށް ހޭލައިހުރެ ކަންފަތުގައި ރަނގަޅު އިއަފޯނެއް އަޅުވާށެވެ! އެއަށްފަހު ރުޤްޔާގެ އަޑުއަހާށެވެ! އަޑުއެހުމުން މިބުނާ އެއްވެސްކަމެއް ތިމާއަށްވޭތޯ ބަލާށެވެ!
1 މީހާ އައްސިވުން، 2 ގިނައިން އާފުރުން، 3 ގައިގަ ރިއްސުން، 4 ހަށިގަނޑު ޚާއްޞަކޮށް މޭކެހުން، 5 ރުޤްޔާ އަޑުއެހިއަ ނުދިނުމަށް މީހަކު ކޮއްޕާހެން ހީވުން، 6 ބާރަށް ރޮވެން ފެށުން.
މިއިން އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ ރަނގަޅަށް ރުޤްޔާކުރަން ދަންނަ މީހެއްގެ އިރުޝާދުހޯދާށެވެ. ރުޤްޔާކުރުމުގައި އެންމެ މުހިންމުކަމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާންހުރި ކަންކަން ކުރުމާއި ޝިފާ ދެއްވަވާނީ ﷲ ތަޢާލާކަން ޔަޤީންކުރުމެވެ.
ބިރުވެރި ހުވަފެން ގިނައިން ފެންނަނަމަވެސް އެހީތެރިކަން ހޯދާށެވެ! ކުޑަކުދިންގެ މިޒާޖަށް ބަދަލު އައިސް އެކަނި އިނުން ގިނަވުމާއި ނުފެންނަ މީހަކާއި ވާހަކަ ދައްކާހެން ހީވުން، ތުއްތު ކުއްޖަކުނަމަ އާދައާ ޚިލާފަށް ރުއިން ގިނަވުން ފަދަ ކަންކަމަކީވެސް އެހީތެރިކަން ހޯދަންޖެހޭނެ ކަންކަމެވެ.
ސިހުރުގެ ޢަލާމާތްތަކަށްވުރެ ގިނަވާނީ އެސްފީނާގެ ޢަލާމާތްތަކެވެ. ވީމާ ސިހުރާއި އެސްފީނާއަށް ރުޤްޔާކުރަން ރަނގަޅަށް އެނގޭ މީހުންގެ ކިބައިން ނޫނީ އެހީތެރިކަން ނުހޯދާށެވެ. ހަމައެއާއިއެކު ރުޤްޔާކުރުމުގައި އެންމެ މުހިންމީ ކުރަންވީ ކަންކަމުގެ މައުލޫމާތު ހޯދައިގެން އަމިއްލައަށް ކުރުމެވެ. އެންމެ ފައިދާބޮޑުވާނީ އަމިއްލައަށްކުރާ މަސައްކަތުގައެވެ.
ހަމައެފަދައިން ސިހުރާއި އެސްފީނާއިން ސަލާމަތްވުމަށް ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަންކަން އަބަދުވެސް ކުރަމުން ގެންދާށެވެ! އެއްވެސް އުނދަގުލެއް ނުފޯރި ނަމަވެސްމެއެވެ.
--މަސްދަރު: "ސިހުރާ އެސްފީނާއިން ސަލާމަތްވުމަށް މަގެއް"