ވަޒީފާ ނުލިބި ލަސްވާނަމަ އަވަސްކޮށްލަން ވެސް ކުރަން އޮތް އެންމެ މުހިންމު ކަންތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ވަޒީފާ ނުލިބި ލަސްވާނަމަ އަވަސްކޮށްލަން ވެސް ކުރަން އޮތް އެންމެ މުހިންމު ކަންތައް-: މުފްތީ މެންކް

ފުރަތަމަ ބަލައިލަންވީ ވަޒީފާއަކީ ކޮބައިތޯއެވެ. ވަޒީފާއަކީ އެމީހަކަށް ފައިސާ ލިބޭނެ މަގެވެ. ވީމާ ވަޒީފާ ނުލިބި ލަސްވާނަމަ އެ ހުރަސްއެޅެނީ ތިމާއަށް ފައިސާލިބެން އޮތް މަގަށެވެ. ރިޒްޤް ތަނަވސްވާން އޮތް މަގަށެވެ.

މިޙާލަތުގައި ވެސް ފުރަތަމަކަމަކަށް ކުރަންއޮތްކަމަކީ ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމެވެ. ފާފަކުރުމާއި ދުރުހެލިވުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. މީގެމާނައަކީ ފާފަކުރުމުން ދުރުހެލިވެހުރެ އަޅުކަންކުރަމުންދާ މީހަކަށް ވެސް ދަތިތައް ކުރިމަތިނުވުމެއް ނޫނެވެ. އެމީހަކު އިމްތިޙާންކުރެއްވެވުމަށްޓަކައި ވެސް ދަތިތައް ކުރިމަތިކުރައްވަވަތެވެ. ބުނަން އޮތީ ތަޤްވާވެރިއަކު ނަމަވެސް އެމީހަކަށް ދަތިތައް ކުރިމަތިވާނަމަ ކުރަން އޮތްކަމަކީ ހަމަ އެއްކަމެކެވެ. ތަޤްވާވެރިކަން މިހާރަށްވުރެވެސް އިތުރުކުރަން މަސައްކަތްކުރަންވީއެވެ.

މީސްތަކުންނޭވެ! އިސްތިޣްފާރުކުރުން ގިނަކުރުމަކީ އެމީހަކަށް ތަނަވަސްކަން އިތުރުކުރައްވަވައިދެއްވަވާ ކަމެއްކަމަށް އަބަދުވެސް މިގެންދަނީ ބުނަމުންނެވެ. އެއީ ކީރިތި ޤުރްއާނުން އެކަން އެކަން އެނގެން އޮތުމުންނެވެ.

ދަނޑުވެރިންނޭވެ! މަސްވެރިންނޭވެ! ހުރިހާ މަސައްކަތްކުރާ މީހުންނޭވެ! ރިޒްޤް ތަނަވަސްވުމަށް ހުރަސްއެލޭނަމަ، ދަތިތައް ކުރިމަތިވާނަމަ ތަޤްވާވެރިކަން އިތުރުކުރާށެވެ! އިސްތިޣްފާރުކުރުން ގިނަކުރާށެވެ! ތިމާއަށް ނުވަތަ ތިމާމެންނަށް ކުރެވެނީ ކޮންކުށެއްކަން ދެނެގަނެ އަވަހަށް އެކަން އިޞްލާޙްކޮށްލާށެވެ! ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް ރިޒްޤް ތަނަވސްކުރައްވަވައިދެއްވަވާނެތެވެ. އުޑުން ވާރޭ ވެއްސަވާނެތެވެ. ފައިސާ ލިބޭނެ މަގުތައް ތަނަވަސްކުރައްވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން