ކިތަންމެ ބޮޑުހިތްދަތިކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވިޔަސް މަރުވުމަށް އެދުމުގެ ހުއްދައެއް ނެތް! އޮތީ މިފަދައިން ދުޢާކުރަން!-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކިތަންމެ ބޮޑުހިތްދަތިކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވިޔަސް މަރުވުމަށް އެދުމުގެ ހުއްދައެއް ނެތް! އޮތީ މިފަދައިން ދުޢާކުރަން!-

އެއްވެސް މުއުމިނަކަށް މަރުވުމަށް އެދުން ހުއްދައެއް ނުވާނެއެވެ. ވީމާ ތިމާ މަރުވުމަށް އެދުމަކީ ގޯސްކަމެކެވެ. އެހެންނަމަވެސް، އެމީހާއަށް ދިމާވެފައިވާ ބޮޑުކަމެއްގެ ސަބަބުން، ނަފްސަށް މަޖުބޫރުވެ ކޮންމެހެންވެސް އެކަމަށް އެދެވޭގޮތްވާނަމަ، އެކަމާއިގުޅިގެން ވާރިދުވެފައިވާ ދުޢާއިން ﷲ ތަޢާލާއަށް ދުޢާކުރާށެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. 

"ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހަކަށް ކުރިމަތިވެފައިވާ ގެއްލުމެއްގެ ނުވަތަ ދަތިކަމެއްގެ ސަބަބުން މަރުވުމަށް ނޭދޭހުށިކަމެވެ. ފަހެ އެމީހަކީ ކޮންމެހެންވެސް އެކަމަށް އެދެވޭމީހަކަށްވާނަމަ، އެމީހަކު މިފަދައިން ބުނާހުށިކަމެވެ. 

އޭ ﷲ! ދިރިހުރުމަކީ މި އަޅާއަށް އެއްމެ ހެޔޮގޮތް ކަމުގައިވާނަމަ، މި އަޅާ ދިރި ދަމަހައްޓަވާފާންދެއެވެ. އަދި މަރުވުން އެއީ މިއަޅާއަށް އެއްމެ ހެޔޮގޮތް ކަމުގައިވާނަމަ މިއަޅާ މަރުގަންނަވާފާންދެވެ." މި ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީ ރަޙިމަހުﷲ  

- ބިލާލް ޢަބްދުއްސައްތާރު

މިއަދު އޮންލައިން