ވަފާތެރިން ދެކެ އަހަރެމެން ކޮންމެ މީހަކުވެސް ލޯބިވާފަދައިން ބޭވަފާތެރިންދެކެ އިން ތިހާއަށް ނަފުރަތުވެސް ކުރެވެއެވެ. މީގައި އެންމެ މަޖާ ކަމަކީ ތިމާގެ ބައިވެރިޔާއަށް ތިމާ ކިތންމެ ވރަކަށް ބޭވަފާތެރިވީނަމަވެސް ތިމާގެ ބައިވެރިޔާ ތިމާއަށް ވަފާތެރިވާންޖެހޭނެ ކަމަށް ޤަބޫލުކުރެވޭ ބައަކު އުޅޭކަމެވެ.
މިއީ ވަރަށް ދެރަކަމެކެވެ. ބަލަ ބައިވެރިޔާގެ ހިތްވެސް އުފައްދަވާފައިވަނީ ތިބށާގެ ހިތްވެސް އުފެއްދެވި ގޮތަށް ކަމަށްވާއިރު ތިބާގެ ހިތަށް ތިއަކުރާއަސަރުތައް ހަމަ ބައިވެރިޔާގެ ހިތަށްވެސް ކުރާނެކަން ޤަބޫލުނުކުރެވެނީ ބައިވެރިޔާގެ ހިތް ބެލިއިރު އެ ހިތް އުފައްދަވާފައިވަނީ ދަގަނޑުންކަން އެނގިގެންހެއްޔެވެ؟
ލޮންމެއަކަސް ވަފާތެރިވުމާއި ބޭވަފާތެރިވުމުގެ މައްސަލައަކީ މިއަދު އެންމެ ގިނަބައަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްވަބާއެވެ! އެންމެ ގިނަބައެއްގެ ދިރިއުޅުން ބަނފުރޫޓުވެ ވީރާނާވާން ޖެހޭ ސަބަބެވެ. ކައިވެނިތައް ރޫޅެންޖެހޭ ސަބަބެވެ. ދަރިންކޮޅު ގޮވައިގެން މަގުމަތީގައި ސަލާންޖަހަން ހިނގަންހެގޭ ސަބަބެވެ.
ވީމާ ވަފާތެރިވުމާއިމެދު ޢިލްމުވެރިއަކު ވިދާޅުވެފައިވާ މިބަސްފުޅަށް ވިސްނައިލަމާހެއްޔެވެ؟
"(ކޮންމެ މީހަކުވެސް) އަމިއްލަ ނަފުސާއި މިސުވާލުކޮށްލާށެވެ!
"ތިމާއަކީ ﷲ ސުބްހާނަހޫ ވަތަޢާލާއަށް ވަފާތެރިއެއް ހެއްޔެވެ؟ ނުވަތަ ބޭވަފާތެރިއެއް ހެއްޔެވެ؟"
އެހެން މީހަކު ތިބާ އާއި ދިމާއަށް ތިބާއަކީ ބޭވަފާތެރިއެއްކަމަށްބުނެފިނަމަ ގިނަ ބައަކު ރުޅިގަދަވެ ރައްދުދެއެވެ. ދުލުން ނުބައި ބަސްތައް ވެސް ބުނެއެވެ. ބައެއް މީހުން ނުބައި ޢަމަލުތައްވެސް ކުރެއެވެ. އެފަދަ މީހުން އެގޮތަށް ކަންކަން ކުރުމުގެކުރިން މިއީ އަމިއްލަ ނަފްސާއި ކޮށްލަން ހަމަ ވަރަށް މުހިންމު ސުވާލެކެވެ."
ޖަވާބަކީ ތިމާއަކީ ﷲ ސުބްހާބަހޫ ވަތަޢާލާއަށް ވަފާތެރިއަކުކަމުގައި ވަނީނަމަ މީހަކު ތިބާ އާއި ދިމާއަށް ތިބާއަކީ ބޭވަފާތެރިއެއްކަމަށް ބުނުމަކުން ރުޅި އައުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އޭނާ އެބުނާ ދޮގުބަހުން ތިބާއަށް ލައްވަވާނީ ރަޙްމަތެވެ.
ވިސްނައިލަން ޖެހޭނެ ތަނަކީ އެއްވެސް މީހަކަށް ބޭވަފާތެރިވުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. ވީމާ ކޮންމެ މީހަކަށް ބޭވަފާތެރިވީނަމަވެސް އެދެވެނީ ﷲ ސުބްހާބަހޫ ވަތަޢާލާގެ މަގާއި ދުރަށް ކަމެވެ. އަދި އެކަމަށް ޖަވާބުދާރީވާންވެސް ޖެހޭނެކަމެވެ.
--އަލަފް