އަހުރެން ބުނާނީ މިދުޢާއަކީ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން އަބަދުމެ ކުރަން އޮތް ދުޢާއެއް ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަހުރެން ބުނާނީ މިދުޢާއަކީ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން އަބަދުމެ ކުރަން އޮތް ދުޢާއެއް ކަމަށް!

އާނއެކެވެ! މިދުޢާއަކީ ރަމަޟާން މަހުގެ ފަހު ދިހައިގައި ލައިލަތުލްޤަދްރިވިލޭރޭ ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެވެ. އެހެނަސް މިދުޢާގެ މާނައަށް ބަލައި އަހުރެން ބުނާނީ މިއީ ކުރުން ހުއްޓާލެވެން އޮތް ދުޢާއެއް ނޫން ކަމަށެވެ. 

ދުޢާ ޢިޖާބަކުރައްވަވާނެ ގޮތަށް ޢަމަލުތައް ބަހައްޓައިގެން ހުރެ ގިނަގިނައިން މިފަދައިން ދުޢާކުރާށެވެ. "ޔާ ﷲ! އިނބަ ﷲ އީ ގިނަގިނައިން ޢަފޫކުރެއްވެވުމަށް ލޯބިވެވޮޑިގަންނަވާ، ގިނަގިނައިން ޢަފޫކުރައްވަވާ ރަސްކަލާނގެއެވެ. މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!" 

އަހުރެމެންނަށް ކޮންމެ ދުވަހަކުހެން މިދަނީ އެތައް ބައިވަރު ފާފަތަކެއް ކުރެވެމުންނެވެ. އެހެނަސް ކޮންމެ ދުވަހަކު ކިޔަން ޖެހޭ ޛިކުރުތަކެއް ނުޖކިޔެއެވެ. 2 އިރު ކިޔަންޖެހޭ ޛިކުރުތަކެއް ނުކިޔެއެވެ. އަސްތަޣްފާރެއް ނުކުރެވެއެވެ. 

އެޙާލަތުގައި އުޅެމުންދާއިރު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާނުކޮށް ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ ހަމައެކނި މިދުޢާއެއް ނޫނެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ކުރެވެން ހުރި ހުރިހށާ ދުޢާތަކެއް ކުރަމުން ގެންދާންވީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން