ތަވީދުގެ ސަބަބުން ތިބާއަށް ބަލިމަޑުކަންއިތުރުވުން ނޫނީ ނުވެއެވެ. ތިބާ އަތުގައި ތަވީދުވާ ހާލުގައި ތިބާ މަރުވެއްޖެ ނަމަ ތިބާ ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ތަވީދުގެ ސަބަބުން ތިބާއަށް ބަލިމަޑުކަންއިތުރުވުން ނޫނީ ނުވެއެވެ. ތިބާ އަތުގައި ތަވީދުވާ ހާލުގައި ތިބާ މަރުވެއްޖެ ނަމަ ތިބާ ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.: ޙަދީޘް

ތަވީދު އެޅުމާއި ބެހޭ ގޮތުން  ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރައްވަވަނީ:

من تعلق تميمة فقد أشرك

މާނައީ " ތަވީދެއް އަޅައިފިމީހާ ހަމަކަށަވަރު ޝިރްކު ކޮށްފިއެވެ." 

އެހެން ރިވާޔަތެއްގައި އައިސްފައިވާބަސް ފުޅެއްގެ މާނައިގައި ވެއެވެ. " ތަވީދެއް އަޅާފައިވާ މީހަކަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " މިއީ ކޮން އެއްޗެއް ހެއްޔެވެ؟ އެހިނދު އޭނާ ދެންނެވިއެވެ. ތިމަން ބަލިކަމުން އަޅާފައިވާ އެއްޗެކެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ." ތިޔަ ނަގާށެވެ!  އޭގެ ސަބަބުން ތިބާއަށް ބަލިމަޑުކަން  އިތުރު ވުން ނޫނީ ނުވެއެވެ. ތިބާ އަތުގައި ތިޔަވާ ހާލުގައި ތިބާ މަރުވެއްޖެ ނަމަ ތިބާ ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ." 

ތަވީދު އަޅާފައިވަނީ ކީރިތި ޤުރްއާނުން ނުވަތަ މާތް ﷲ ގެ ސިފަފުޅުތަކުން ނުވަތަ އެކަލާނގެ އިސްމުފުޅުތަކުން ކަމުގައި ވާނަމަ އެފަދަ އެއްޗެއް އެޅުމާއި މެދު އުންމަތު ސަލަފުންގެ މެދުގައި ޚިލާފެއް ވެއެވެ. ނަމަވެސް އިސްވެދިޔަ ނަބަވީ އިރުޝާދުގައި އެވަނީ ވަކި ބާވަތެއް ތަފާތު ނުކުރައްވައި ޢާންމު ގޮތެއްގައި ތަވީދު އެޅުން ހުއްދަނޫން ކަމުގައި ބަޔާން ކުރައްވާފައެވެ. ވީމާ ތަވީދު އެޅުމަކީ ހުއްދަ ކަމެއް ނޫންކަން ޘާބިތުވެއެވެ. 

ރުޤްޔާގެ މާނައަކީ " ފަރުވާ އަކަށް ނުވަތަ ރައްކާތެރި ކަމަށް ކީރިތި ޤުރްއާން ނުވަތަ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ގެ ސުންނަތުން ސާބިތުވާ ދުޢާތައް ނުވަތަ އެނޫންވެސް ޝިރުކު ކަމުގައި ނުހިމޭ އެއްޗެއް ކިޔެވުން ނުވަތަ ކިޔަވާފައި ފުމުން ނުވަތަ މެތުރުމެވެ.

އަންނަނިވި ޝަރުޠުތައް ހަމަވާނަމަ ރުޤްޔާ ހުއްދަވެގެން ވާ ކަމަށް ޢިލްމުވެރިން އިޖްމާޢު ވެއެވެ. 

" ހ- އެ ކިޔަވާ އެއްޗަކީ ކީރިތި ޤުރްއާން ނުވަތަ މާތް ﷲ ގެ ޞިފަފުޅުތަކާއި އިސްމުފުޅުތައްކަމުގައި ވުން. ނުވަތަ  ސުންނަތުން ޘާބިތު ޢިބާރާތެއްކަމުގައި ވުން.

ށ- ޢަރަބި ބަހުން ނުވަތަ އެހެން ބަހަކުންވިޔަސް އެކިޔާ އެއް ޗެއްގެ މާނަ އެނގޭ ފަދަ ގޮތަކަށް ކިޔެވުން.

ނ- އެ ކަންމަކަމަކީ އޭގެ ޒާތުގައި އަސަރުކުރުވާ ކަމެއްނޫންކަމާއި ، ނަމަވެސް އެއީ ސަބަބެއް ކަމާއި އެކަންކަމުން ފައިދާ ވާނީ މާތް ﷲ ގެ އިޛްނަ ފުޅާއެކު ކަމަށް ފަރުވާ ދޭ މީހާއާއި ފަރުވާ ލިބިގަންނަ މީހާ ޤަބޫލު ކުރުމެވެ. 

ދެމަފިރިން ލޯބިޖެއްސުމަށް ހަދާ ފަންޑިތައަށް ކިޔަނީ އިސްތިރިއެވެ. އެއީ ޢާންމު ގޮތެއްގައި ސިޙުރުގެ ކަމެކެވެ. سننأبيداود ގައި އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.

( إِنَّالرُّقَيوَالتَّمَائِمَوَالتِّوَلَةَشِرْكٌ )

މާނައީ " ހަމަކަށަވަރުން ( ޝިރުކުގެ ޢިބާރާތަކުން ) މެތުރުމާއި ތަވީދު އެޅުމާއި، އިސްތިރި ހެދުމަކީ ޝިރުކުގެ ތެރެއިން ވާ ކަންކަމެވެ" މި ޙަދީޘްފުޅުގައި އެވާ التِّوَلَةَ އަކީ އަންހެނުން އެކަނބަލުންގެ ފިރިންނަށް ލޯބި ޖެއްސުމަށްޓަކާ ހަދާ އުޅުނު ފަންޑިތައެކެވެ. ވީމާ އެއީ ހުއްދަ ކަމެއް ނޫނެވެ. واللهأعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން