ހަކުރުބަލި: ކަންބޮޑުވާންޖެހެނީ ބަލިޖެހުމަށްވުރެ ބަލިޖެހުނުކަން އެނގުން ލަސްވާތީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހަކުރުބަލި: ކަންބޮޑުވާންޖެހެނީ ބަލިޖެހުމަށްވުރެ ބަލިޖެހުނުކަން އެނގުން ލަސްވާތީ!

ފާޠިމަތު ނަޢީޝާ

ހަކުރުބައްޔަކީ މިހާރު އެންމެ ޢާންމު އެއް ބައްޔެވެ. ފަރުވާ ކުރެވޭ ބައްޔެކެވެ. ބަލިޖެހުމަށްވުރެ ބޮޑަށް ކަންބޮޑުވާންޖެހެނީ ބަލިޖެހުނުކަން އެނގުން ލަސްވާތީއެވެ.

ޑައިބީޓީސް ނުވަތަ ހަކުރުބައްޔަކީ، ލޭގެ ގްލުކޯސް ނުވަތަ ހަކުރުގެ އަދަދު މަތިވުމުން ޖެހޭބައްޔެކެވެ. ހަކުރުބަލީގެ ޓައިޕް 1 އަކާއި ޓައިޕް 2 އެއްވެއެވެ. މިދެވަށްތަރުގެވެސް ހުންނާނީ ގާތްގަނޑަކަށް އެއްކަހަލަ އަލާމާތްތަކެވެ.

ހަކުރުބަލީގެ ބައެއް އަލާމާތްތައް:

• އަވަސްއަވަހަށް ކުޑަކަމުދެވުން

• ވަރަށް ބޮޑަށް ފެންބޮވައިގެންފައިހުރުން (ފެންބޮވުން އިތުރުވުން)

• ކެއިކަމުގައިވީނަމަވެސް ބަނޑުހައިވެފައިހުރުން

• ވަރަށް ބޮޑަށް ވަރުބަލިވެ ގައިގައި ހަކަތަނެތުން

• ލޯ ފުސްވުން

• ގިނައިން ކެއިކަމުގައިވީނަމަވެސް ބަރުދަންލުއިވުން : މިއީ އާއްމުގޮތެއްގައި ޓައިޕް 1 ގެ އަލާމާތެކެވެ.

• ހަތަރެސްފައި އައްސިވުމާއި ތަދުކަމެއްހުރުން : މިއީ އާއްމުގޮތެއްގައި ޓައިޕް 2 ގެ އަލާމާތެކެވެ.

ހަކުރުބަލިން ސަލާމަތްވުމަށް އެޅޭނެ ބައެއްފިޔަވަޅުތައް

• ކޮންމެދުވަހަކުވެސް ކަސްރަތުކުރުން

• ގިނަގިނައިން ފެންބުއިން

• ހަކުރު އަދި ކާބޯހައިޑްރޭޓްސް ހިމެނޭ ބާވަތްތައް ގިނައިން ކެއުމުގައި ބޭނުންނުކުރުން

• ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަން ހުއްޓާލުން

• ފައިބާރ އެކުލެވޭ ބާވަތްތައް ގިނައިން ކެއުމުގައި ބޭނުންކުރުން : އެއީ އޯޓްމީލްއާއ، ތަރުކާރީ އާއި މޭވާފަދަ ތަކެއްޗެވެ.

• ވިޓަމިން ޑީ އެކުލެވޭ ބާވަތްތައް ކެއުމުގައި ބޭނުންކުރުން

ޢާންމު ކަންކަމަށް ބޭނުންކުރާ ބައެއް ބޭސް ބޭނުންކުރެވުމުންވެސް ހަކުރު މައްޗަށްދެއެވެ. ވީމާ ހަކުރުބަލީގެ އެއްވެސް ޢަލާމާތެއް ފެންނަނަމަ ކެވޭ ބޭހާއިމެދު ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ވަރަށް މުހިންމެވެ.

ވަރަށް ފަހުންވެސް ޒުވާނެއްގެ ފޫކޮޅުގައި ޖެހި އެއްޗަކާއި ގުޅިގެން ކާން ދިން ބޭސް ކައިގެން އެއެތި ނަގަން އޮޕަރޭޝަންކުރަން ޖެހުނުއިރު ހަކުރުހުރީ 400 އަށްވުރެ މަތީގައެވެ. ފަރުވާއިން މާތް ﷲ ގެ ވާގިފުޅާއިއެކު އޭނާއަށް މިހާރުވަނީ ސަލާމަތްވެވިފައެވެ.

 

މިއަދު އޮންލައިން