ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ:
"ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. އެ ސުފުރާއެއްގެ މަތީގައި ރާ ދައުރުކުރާ ސުފުރާއެއްގައި ނުއިށީންނަ ހުށިކަށެވެ!" [أخرجه الترمذي وحسنه الألباني ]
ބަނގުރަލަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު އެއްޗެކެވެ. ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ. އެ ކަމުގެ ބައިވެރިންނަށް ވަނީ ލަޢުނަތެވެ. ކާމިޔާބު ލިބުން އެދޭ ނަމަ މި މުޑުދާރު ޢަމަލަށް ނޫނެކޭ ބުނާށެވެ! މިކަން ފަތުރަން ޖާގަ ނުދޭށެވެ!
ތިމާއަށް އެފަދަ ފާފައެއް ކުރެވޭނަމަ އަވަހަށް ތައުބާވާށެވެ! އެއިރުން ތިބާ ވެގެންދާނީ އެފަދަ ޢަމަލެއް ނުވެސް ކުރާ މީހަކަށެވެ. ވިސްނަންވީ މީހުން ކިޔައިފާނެ އެއްޗަކަށް ނޫނެވެ. ބިރުގަންނަންވީ ތައުބާ ނުވެވި ހުއްޓައި މަރުވެދާނެ ކަމަށެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން މާޒީ ފުހެވިގެންދިއައީއެވެ. ވީމާ މާޒީގައި ކުރެވިފައިވާ ނުބައި ޢަމަލުތައް ދެކެ ބިރުގަތުމެއް އަދި ލަދުގަތުމެއްވެސް ނެތެވެ.
--ދީނީ ޢިލްމް