މިސްކިތުގެ ކުރީސަފުން ޖާގަހޯދުމަކީ ކުރިއާލައި މިސްކިތަށް ގޮސް ކުރަން ޖެހޭނެކަމެއް! އެއީ ރިޒާވްކޮށް ހިފެހެއްޓޭނެ ޖާގައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިސްކިތުގެ ކުރީސަފުން ޖާގަހޯދުމަކީ ކުރިއާލައި މިސްކިތަށް ގޮސް ކުރަން ޖެހޭނެކަމެއް! އެއީ ރިޒާވްކޮށް ހިފެހެއްޓޭނެ ޖާގައެއް ނޫން!

"މިހާރަކަށް އައިސް ބައެއް މިސްކިތްތަކުގައި ކުރީ ސަފުން ޖާގަހޯދުމުގެ ގޮތުން އެއް ނަމާދުކޮށް ނިމިގެން ފައިބައިގެންދަނީ އެޖާގަ ޖެހިގެން އަންނަ ނަމާދަށްވެސް އެމީހަކަށް ލިބޭނެ ގޮތަށް އެތަނުގައި އެއްޗެއް ބާއްވައި ނުވަތަ އެހެންވެސް ގޮތަކުން ބްލޮކްކޮށްފައެވެ.

މިއީ ކުރުން ހުއްދަ ކަމެއްތޯއެވެ؟ ނުވަތަ އެއީ އެކަންކުރަން އޮންނަ ގޮތްތޯއެވެ؟" 

ޖަވާބު:

ކުރީ ސަފުގެ ޖާގައަކީ ކުރިއާލައި މިސްކިތަށް ގޮސްގެން ހޯދަންޖެހޭނެ ތަނެކެވެ. އެއީ ކުރިން މިސްކިތަށްދިއަ މީހާގެ ޙައްޤެކެވެ. އެތަން ބަންދުކޮށް ރިޒާވްކުރުމެއް ނެތެވެ. އެގޮތަށް އެއީ ތިމާގެ ޖާގައެއްކަން ދައްކަން އެއްޗެއް ބާއްވާފައި ދާންވާނީ މިސްކިތުގެ ފާޚާނާއަށްދާން، ވުޟޫކުރަން، ނުވަތަ ހިނދުކޮޅަކަށް ތަނުން ތެދުވެލަންޖެހުން ފަދަ ކަމެއްގައެވެ. މިސްކިތުން ނުކުތުމުގެ ނިޔަތުގައި ބޭރަށް، ނުވަތަ ގެއަށް ދިއުމެއް ނެތެވެ.  

ވުޟޫކުރަންޖެހިގެން ނުކުތުމާއި މިސްކިތުގެ ފާޚާނާއިން ފާޚާނާކުރުމުގެ ނިޔަތުގައި މިސްކިތުން ނުކުތުމަކީ މިސްކިތުން ބޭރަށް ދިއުން ކަމުގައެއް ނުހިމެނޭނެއެވެ. 

މިސްކިތަށް ކުރިން އަރައި ކުރީ ސަފުގައި އިނދެފައި ކިޔަވާލަން ލެގިލައިގެން އިންނަން ބޭނުންވާމީހާ އޭނާ އިން ޖާގަކަން އަންގަން އެއްޗެއް ބާއްވާފައި ކައިރީ ތަނެއްގައި އިނދެލުމަކީ މައްސަލައެއް ނޫނެވެ.  

ނަމާދަށް މިސްކިތަށް މީހާ ވަން ވަޤުތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މިސްކިތަށް އެރުނު ވަޤުތު އެންމެ ކުރިއަށް ދެވެން އޮތް ސަފަކަށް ގޮސް ނަމާދުކުރާށެވެ! މިސްކިތުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން