ތިބާ ކިތަންމެ ނުރުހުނަސް ތިބާގެ މުޅި މޫނުގަ ފޮތިއަޅާ އެހެން ބައަކު ނިވާކުރުވާނެ ޙާލަތު އައުމުގެ ކުރިން ރުހި އަމިއްލައަށް އަޢުރަ ނިވާނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތިބާ ކިތަންމެ ނުރުހުނަސް ތިބާގެ މުޅި މޫނުގަ ފޮތިއަޅާ އެހެން ބައަކު ނިވާކުރުވާނެ ޙާލަތު އައުމުގެ ކުރިން ރުހި އަމިއްލައަށް އަޢުރަ ނިވާނުކުރަނީ ކީއްވެ؟

ކައިރީގައި ހުންނަ މީހާ ކެއްސާލައިފިނަމަ ބިރުގަންނަ މީހުން މަދެއް ނޫނެވެ. އެހެންވެ ރޯގާއެއް ފެށޭއިރަށް މާސްކް އަޅައި މޫނު ނިވާކުރެއެވެ. އެއީ ރޯގާތަކުން ސަލާމަތްވުމަށް މާސްކް އަޅަން ޑޮކްޓަރުން ބުނާތީއެވެ.

ބުނެލަން އޮތީ ޑޮކްޓަރުންގެ ބަސް ޤަބޫލުކުރަން މާސްކްވެސް އަޅާށެވެ! ކޮށްލަން މިޖެހޭ ސުވާލަކީ ބަލިތަކާއި ތިބާއާއި ޑޮކްޓަރުންވެސް އުފެއްދެވި ﷲ ތަޢާލާ ތިބާއަށް ދެއްވަވާ އިންޒާރުތަކަށްވުރެ، ކީރިތި ޤިރްއާނުގައިވާ ވަޙީބަސްފުޅުތަކަށްވުރެ ޑޮކްޓަރުން ބުނާބަހަށް ދޭސަމާލުކަން ބޮޑުކޮށްގެން އުޅެނިކޮށް މަރުވެއްޖެނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! ބިރުވެތިވާންވީ ތިބާގެ އެއްވެސް ބާރެއް ނެތި، އެއްވެސް ޙަރަކާތެއް ނެތި، އަނގައިންވެސް ނުބުނެވި އޮންނަންޖެހޭނެ ދުވަހު އެހެން މީހުން ތިބާގެ މުޅި މޫނުގައި ފޮތިއަޅައި ނިވާކުރާނެތީއެވެ. މޫނުގައި އެކަންޏެއް ނޫނެވެ! މުޅިހަށިގަނޑުގައެވެ. އެންމެ ފަށަލައަކުންވެސް ނޫނެވެ. މަތިމައްޗަށް 3 ފަށަފަލައިންނެވެ.

ހަމަ ކޮންމެ ކޮންމެ ވަގުތަކު ކޮންމެ މީހަކުވެސް މަރުވެދާނެއެވެ. އެކަމުގެ އިންޒާރު ﷲ ތައާލާ ވަނީ ކީރިތި ޤުރްއާނުގައި އެތައްފަހަރަކު ދެއްވަވައިފައެވެ. އެކަމުގެ އިތުރު އިންޒާރުތައް ކެނޑިނޭޅި ކޮންމެ ދުވަހަކުހެން ގެންދަވަނީ ދެއްވަވަމުންނެވެ. ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

ޑޮކްޓަރުން ބުނާ ބަހަކަށް ތިއަވަރަށް ބިރުގަންނައިރު ﷲ ތައާލާގެ ބަސްފުޅުތަކާއި ކޮންމެ ދުވަހަކު ދައްކަވާ ކަންކަމަށް ބިރުނުގަންނަނީ ކީއްވެގެންހެއްޔެވެ؟ މޫނުމަތީގައި އަޅާ ކުޑަކުޑަމާސްކެއްގެ ބަދަލުގައި މުޅި މޫނުގައި ފޮތިއެޅި ކަފުން ކުރެވޭނެ ވަގުތަށް ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

ޑޮކްޓަރުން ބުނާތީ ބަސްއަހަން މާސްކްއަޅާށެވެ. ނަމަވެސް ކުރިން މިބުނިފަދައިން ބޮޑަށް ބިރުވެތިވާންވީ ތިމާގެ މުޅިމޫނާއި ހަށިގަނޑުގައި ތިބާގެ އަމިއްލަ އެއްވެސް ބާރެއް ނެތި އެހެން ބައަކު ފޮތިއަޅައި ދުވަހަށެވެ. ކަފުންކުރެވޭނެ ދުވަހަށެވެ!

އަހުރެމެން ޖަނާޒާތަކަށް އެބަ ދަމުއެވެ. މިބުނި ފަދައިން ކަންކަން ކުރެވޭތަން ލޮލަސް އެބަ ފެނެއެވެ. ސުވާލަކީ ޢިބްރަތް ޙާޞިލްނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ޢިބްރަތް ޙާޞިލްކުރެވޭނަމަ އަވަހަށް އެންމެ ކުޑަމިނުން ޤުރްއާނުގައި އޮތް މިންވަރަށް ނިވާވާށެވެ! ޢިބްރަތް ޙާޞިލުކުރެވުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން