ނަޞޭޙަތްދިނުމުންވެސް ނަމާދަށް ފަރުވާތެރި ނުވެއްޖެ މީހަކާ އެއްކޮށް ކައިބޮއި މަޖާކޮށް ވާހަކަ ދައްކައި އުޅެގެން ނުވާނެ! އޮތީ އޭނާގެ ކިބައިން ދުރުހެލިވުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ނަޞޭޙަތްދިނުމުންވެސް ނަމާދަށް ފަރުވާތެރި ނުވެއްޖެ މީހަކާ އެއްކޮށް ކައިބޮއި މަޖާކޮށް ވާހަކަ ދައްކައި އުޅެގެން ނުވާނެ! އޮތީ އޭނާގެ ކިބައިން ދުރުހެލިވުން!: ޑރ. އިޔާޟް

އަޅުގަނޑު ނަމާދުކުރަމެވެ. ވަޒީފާ އަދާކުރެވެނީ ނަމާދު ނުކުރާ ރަށްޓެހިންތަކަކާ އެކުގައެވެ. އެކުވެރިން ނަމާދުނުކުރާނަމަ އެކަމުގެ އެއްވެސް އަސަރެއް އަޅުގަނޑަށް ކުރާނެތޯ؟ 

ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ އެކުއުޅޭ މީހުންނަށް ނަޞޭޙަތް ދިނުމެވެ. އަދި ނަމާދު އެޅުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަމާއި، އޭގެ ސަބަބުން ޤިޔާމަތް ދުވަހު ލިބޭނެ ގަދަފަދަވެގެންވާ ޢަޛާބުގެ ވާހަކައިން އިންޒާރު ކުރުމެވެ. 

ނަމާދު އެޅުމަކީ މީހާ އިސްލާމް ދީނުން ބޭރުވެ، މުރުތައްދު ވެގެންދާނެކަމެއްކަން އޭނައަށް އަންގައި ދިނުން މުހިއްމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ.

( مَنْتَرَكَالصَّلَاةمتعَمّدًافَقَدْكَفَرَ )

މާނައަކީ: " ޤަޞްދުގައި ނަމާދު އަޅައިފި މީހާ ކާފިރު ވެއްޖެކަން ކަށަވަރެވެ." 

އަދިވެސް އެހެން ޙަދީޡެއްގައި އައިސްފައިވެއެވެ.

( اَلْعَهْدُالَّذِيبَيْنَنَاوَبَيْنَهُمْالصَّلاة, فَمَنْتَرَكَهَافَقَدْكَفَرَ)

رواهأحمد.

މާނައަކީ: " ތިމަންނާމެންނާއި އެބައިމީހުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ނަމާދު އަޅައި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ." 

އަދި ވެސް ޙަދީޡްކުރެއްވިއެވެ.

(إِنَّبَيْنَالرَّجُلِوَبَيْنَالشِّركِوَالْكُفُرِتَركَالصَّلَاة ) رواهمسلم.

މާނައަކީ: " ހަމަކަށަވަރުން އަޅާއާއި ކާފިރުކަމާއި ޝިރުކާއި ދެމެދުގައިވާ އިންފާރަކީ ނަމާދު ދޫކުރުމެވެ." 

އިސްވެދިޔަ ޙަދީޘްތަކުން ދޭހަހަވެގެންދަނީ ނަމާދު ޤަޞްދުގައި ޢަޅާފައިނަމަ އެމީހަކު ދީނުން ބޭރުވާނެކަމެވެ. އެހެންކަމުން ނަމާދަށް ފަރުވާތެރިވުން އެއީ ކޮންމެމުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ނަޞޭޙަތްދިނުމަށް ފަހުގައިވެސް އޭނަ ނަމާދަށް ފަރުވާތެރި ނުވެއްޖެނަމަ އޭނައާއި އެއްކޮށް ކައިބޮއި މަޖާކޮށް ވާހަކަ ދައްކައި ހަދާ އުޅެގެން ނުވާނެއެވެ. އޭނަގެ ކިބައިން ދުރުހެލިވާން ވާނެއެވެ. ނަމަވެސް މިހިސާބަށް ކަންތައް ގެންދިޔުމުގެ ކުރިން އެބައިމީހުން އިޞްލާޙު ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން