ވުޟޫކުރާއިރު ނިޔަތް ގަންނާނީ ކޮންވަގުތަކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ވުޟޫކުރާއިރު ނިޔަތް ގަންނާނީ ކޮންވަގުތަކު؟

ވުޟޫކުރާއިރު ނިޔަތް ގަންނާނީ ވުޟޫކުރަން ފަށަމުންތޯ ނުވަތަ މޫނުގައި ފެންލާންފެށުމާއިއެކުގައިތޯ ބައެއް މީހުން ސުވާލުކުރެއެވެ. 

އެންމެ ރަނގަޅު ގޮތެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވަނީ މޫނަށް ފަންލާން ފަށަމުން ކަމަށެވެ. އަދި މޫނުގައި ފެންލައި ނިމުމުގެ ކުރިން ނިޔަތް ގަންނަންވާނެ ކަމަށްވެސް ބަޔާން ކުރައްވައެވެ. އެއީ ވުޟޫކުރާއިރު ފުރަތަމަ ފަރުޟަކީ މޫނުދޮވުން ކަމުގައިވާތީއެވެ. 

ނިޔަތަކީ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ފަރުޟެކެވެ. ބައެއްބޭކަލުންގެ އަރިހުގައި ޝަރުޠެކެވެ. ވުޟޫކަމުގައި ވިއަސް ނުވަތަ ނަމާދުކަމުގައި ވިއަސްއެވެ.އެހެން ކަމުން ނިޔަތް ފަރުޟަކަށް ވެފައި އެއީ ހިތުން ގަންނަންޖެހޭ އެއްޗެކަށް ވާއިރު އެނިޔަތް ގަންނަން ފަރުޟުވާނީ ފުރަތަމަ ފަރުޟާއެކުގައެވެ. 

ވުޟޫގައި ނަމަ އެއީ މޫނު ދޮވުމެވެ. އެހެންކަމުން މޫނު ދޮންނަން ފެށުމާ އެކުއެކީގައި، ތިމަންނަ ޙަދަޘްއެރަގަންނަމޭ ހިތަށް އަރުވަންޖެހޭނެއެވެ. ނަމަވެސް މޫނު ދޮވުމުގެ ކުރީން ވެސް ވުޟޫގެ ސުއްނަތްތަކެއް އެކުލެވޭތީ އެސުއްނަތްތަކާއެކު ނިޔަތްގަތްކަމުގައި ވިއަސް ނިޔަތް ފުދުނީ ކަމަށްވެސް ބައެއް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން