ޒިނޭކުރެވިފައިވާނަމަ އޮތީ ތައުބާވުން! ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޒިނޭކުރެވިފައިވާނަމަ އޮތީ ތައުބާވުން! ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާނެ! އިން ޝާ ﷲ

އެތައްފަހަރަކު ޒިނޭކުރެވިފައިވާ މީހަކުނަމަ ތަޢުބާވުމަށް ހަދާނީކިހިނެއްތޯ؟  އަދި ތައުބާވުމުން އެކަމުގެ ފާފަ ފުހެވޭނެތޯ؟

ޒިނޭ އަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އޭގެ ހައްދަކީ ސަތޭކަ އެތިފަހަރު ޖެހުމެވެ. ނުވަތަ މަރުވަންދެން ގަލުން ތެޅުމެވެ. ނަމަވެސް އެ ފާފަ ކޮށްފައިވާ މީހަކު ކުރާ އަޅުކަންތައް ގަބޫލު ވެވޭނެއެވެ. މިސާލަކަށް ޒިނޭކޮށްފައި ހުރި މީހަކު ނުވަތަ އެފަދަ އަމަލެއް ކުރާ މީހަކު ނަމާދު ޤާއިމު ކުރާނަމަ އެކަން އޭނާގެ ކިބައިން އަދާވާނެއެވެ. 

ހަމަ އެފަދައިން އެފަދަ އަމަލަކުން ތައުބާ ވުމަށްޓަކައި އެކަމުގެ ހައްދު ލިބިގަތުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް އެއުގޫބާތް މީހަކަށް ލިބިއްޖެ ނަމަ އާޚިރަތުގައި އެކަމަށް އަޛާބެއް ނުލިބޭނެއެވެ. އެފަދަ ފާފައެއް ކުރެއްވިއްޖެ ނަމަ މޮޅު އިތުރު ގޮތަކީ އެއްވެސް މީހަކަށް ނާންގައި އެކަން ސިއްރުކޮށް، އެކަމުން ތައުބާ ވުމެވެ. ތެދުވެރި ތައުބާއަކުން ތައުބާ ވެއްޖެ ނަމަ މާތް ﷲ އެފާފަ ފުއްސަވައި ދެއްވައި ތައުބާ ގަބޫލު ކުރައްވާނެއެވެ.

والله أعلم  

އިތުރު 2 ސުވާލާ ޖަވާބު:

ކައިވެނީގެކުރިން ތުންފަތަށް ބޮސްދިނުމަކީ ކޮންކަހަލަކަމެއް؟ އަދި ކައިވެނީގެކުރިން ކުރުންޙަރާމް ކަންތައްތަކަކީ ކޮބައިތޯ؟ 

ކައިވެނީގެ ޢަގްދު ކުރެވުމުގެ ކުރިން ދެމީހުން މަޙްރަމަކާ ނުލާ އެކަހެރި ވެގެން ނުވާނެއެވެ. އަދި ޝަހްވަތުގެ ނަޡަރަކުން ބެލުންވެސް ހުއްދަވެގެން ނުވެއެވެ. 

ސުވާލުން ދޭހަވާ ގޮތުގައި ދެމީހަކު ކައިވެނި ކުރުމަށް އެއްބަސްވުމުން ދެމަފިރިންނަށް ހުއްދަވާ ކަންތައް ހުއްދަވާނެ ކަމަށް ސުވާލު ކުރި ފަރާތަށް ހީވާކަހަލަ އެވެ. ނަމަވެސް، އެއީ ރަގަޅު ވިސްނުމެއް ނޫނެވެ. والله أعلم 

ރޯދަ އަށް ހުރެ ބުމަ ހެދުމުން އެ ރޯދަ ސައްޙަވަނެތޯ؟ 

ރޯދަ އަށް ހުރެ ބުމަ ހެދުމަކީ ރޯދަ ބާޠިލްވާ ކަމެއް ނޫނެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން