ހަގުއަނބި ނުރުހުނަސް ނިޔާވި އަނބިންގެ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތުމާ ހަދިޔާ ދިނުމަކީ ވަރަށް ގަދަފަދަ ސުންނަތެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ހަގުއަނބި ނުރުހުނަސް ނިޔާވި އަނބިންގެ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތުމާ ހަދިޔާ ދިނުމަކީ ވަރަށް ގަދަފަދަ ސުންނަތެއް!: މުފްތީ މެންކް

އަނބިންގެ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތުމާއި ހަދިޔާ ދިނުމަކީ ގަދަފަދަވެގެންވާ ސުންނަތެކެވެ. އެހެނީ ރަސޫލް ﷺ ގެ ލޮބވެތި އަނބިކަލުން ޚަދީޖަތުގެފާނު އަވަހާރަވުމުން އެކަމަނާގެ ރަހްމަތްތެރިންގެ މަތިން ހަނދުމަފުޅު ކުރައްވަވައި އެކަމަނާގެ ރަހްމަތްތެރިންނަށް ރަސޫލް ﷺ ހެޔޮކޮށް ހިއްތަވައި ހަދިޔާ ފޮނުއްވަވައި ހެއްދެވިއެވެ.

އެކަންކަން ޢާއިޝަތުގެފާނުގެ ކުރިފުޅުމަތީގައި ކުރައްވަމުން ގެންދެވުމުގެ ސަބަބުން ހިތްޕުޅު ހަމޖެހިވަޑައިނުގެން އެކަމަނާއަށް ވިދާޅުވެވުނު ބައެއް ބަސްފުޅިތަކުގެވާހަކަ ސިޔަރަތުން އެއޮތީ އެނގޭށެވެ! ޙާޞީލްކުރަންވީ ޢިބްރަތަކީ ދުނިޔޭގައި އިން އަނބިމީހާ ކިތަންމެ ހަގުވެފައި ރީތި ނަމަވެސް ތިމާއާއިއެކު، ތިމާއަށްޓަކައި ޙަޔާތް ވޭތިކޮށްލި އަނބިމީހާގެ މަތިން އަބަދުވެސް ހަނދާންކުރަންޖެހޭނެކަމެވެ. އޭނާ ދުނިޔޭގައި ނެތްނަމަ އޭނާގެ އެކުވެރިންގެ ޙާލު ބަލައި އެމީހުންނަށް ހެޔޮކޮށްހިތަންޖެހޭނެ ކަމެވެ.

އަނބިންގެ ރަޙްމަތްތެރިންނަށް ހެޔޮކޮށްހިތާނަމަ އެކަމުން އަންގައިދެނީ އެމީހާގެ ހިތުގައި އަނބިމީހާއަށް އޮތް ލޯބީގެ ބޮޑުކަމެވެ.

އަހުރެންގެ ނަޞޭޙަތަކީ ފިރިން މަރުވުމުން އަނބިންވެސް ހަމަ މިފަދައިން ޢަމަލުކުރުމެވެ. އިސްލާމް ދީން ހުއްދަކުރާ މިންވަރުގެ ތެރެއިން ފިރިންގެ ރައްޓެހިންނާއި ގުޅުން ބޭއްވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން