އަންހެނުންނަށް އަންހެނުންގެ ކުރިމަތީގަ އަޢުރަ ނިވާނުކޮށް އުޅެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަންހެނުންނަށް އަންހެނުންގެ ކުރިމަތީގަ އަޢުރަ ނިވާނުކޮށް އުޅެވިދާނެތަ؟

އަންހެނުންނަށް އަންހެނުންގެ ކުރިމަތީގަ އަޢުރަ ނިވާނުކޮށް އުޅެވިދާނެތަ؟ މިފަދަ ސުވާލުތަކަކީ ކުރީގެ ދުވަސްވަރު އެއްވެސް ވަރަކަށް ކޮށްއުޅުނު ސުވާލުތަކެއް ނޫނެވެ. އެއީ އެއިރުގެ އަންހެނުން ކޮށްއުޅުނު ކަންކަންކަމުގައި ނުވާތީއެވެ. 

އަންހެނުންނަށް އެކަނބަލުންގެ އަޢުރަ ނިވާނުކޮށް އުޅުމުގެ ހުއްދަ ވަކިމިންވަރަކަށް ލިބިގެންވަނީ ގޭތެރޭގައި އުޅުމަށެވެ. ގޭތެރޭގެ މަސައްކަތްތަކުގައި އުޅުމަށެވެ. ކައިވެނި ހެޔޮނުވާ މީހުންގެ ކުރިމަތީގައި އުޅުމަށެވެ. 

އަންހެނުންނާއި އަންހެނުން ކައިވެނިކުރުން ނުވަތަ އެއްޖިންސުން ކައިވެނިކުރުން އިސްލާމް ދީނުގައި ޙަރާމްވެގެންވީނަމަވެސް އެކަން ހުއްދަކުރާ ބައަކު މިހާރު އެބަ އުޅެއެވެ. އެއްޖިންސުން ލޯބިވެ ގުޅުން ހިންގާ މީހުން އެބަ އުޅެއެވެ. މިހިރަ ފެންނަ ހުރިހާ ކަންކަމަކީވެސް ޝައިޠޯނާގެ ކިބައިން އަންނަމުންދާ އެންމެ ނުބައިކަންބޮޑު ޢަމަލުތަކެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ. 

މައްސަލައަކީ ތަހްޛީބުގެ ނަމުގައި ބަލައިގެނެވޭ ނުބައި އާދަތަކެވެ. އެއާދަތަކުގެ ސަބަބުން މީސްތަކުން މިދަނީ މަގުފުރެދެމުންނެވެ. އަމިއްލައަށް ނަރަކައަށް ވަންނަމުންނެވެ. އަހުރެމެންނަށް އޮތީ ވިސްނައި ހޭލުންތެރިވެގެން އުޅުމެވެ. 

އެއްވެސް ޙާލެއްގައި މަނާމިކުރަނީ އަންހެނަކު އަންހެން ޑޮކްޓަރަކަށް ދައްކަން ޖެހޭ ޙާލަތެއްގައި އޭނާގެ ކުރިމަތީގައި އަޢުރަ ކަޝްފްކުރުން ފަދަ ކަންކަމެއް ނޫނެވެ. އެފަދަ އެއްވެސް މަޖުބޫރުކަމެއް ނެތި އަޢުރަ ޚަޝްފްކުރުމުގެ ވާހަކައެވެ. އެއީ ކުޅިވަރަކަށް ހަދައިގެން އެކަންކުރުމުގެ ވާހަކައެވެ. އެކުގައި ފެންވެރުން ފަދަ ކަންކަން ކުރުމުގެ ވާހަކައެވެ. ނިވައިނުވެ އެކުގައި އުޅުމުގެ ވާހަކައެވެ. 

އަހުރެން ބުނާނީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާކުރާ ފަދައިން ހިލޭ އަންހެނުންގެ ކުރިމަތީގައިވެސް އަޢުރަ ނިވާކުރަންޖެހޭނެ ކަމަށެވެ. ނޫންނަމަ ޝައިޠޯނާ އެކަމުގެ ތެރެއަށް ވަދެގަނެ ނުބައިކަން ބޮޑު މުންކަރާތްތަކަށް އަރައިގަތުމަށް މަގުފަހިކުރުވާނެތީއެވެ. 

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/34745/what-is-a-woman-permitted-to-uncover-in-front-of-other-women-and-mahrams

 

 

 

މިއަދު އޮންލައިން