ކޮންމެ މީހަކުދެކެ ލޯބިވިނަމަވެސް އެމީހަކާ ވަކިވާންޖެހޭނެކަން އެނގިހުރެ ލޯބިވުމަށް ޖިބްރީލްގެފާނުގެ ވަޞިއްޔަތްފުޅު- އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކޮންމެ މީހަކުދެކެ ލޯބިވިނަމަވެސް އެމީހަކާ ވަކިވާންޖެހޭނެކަން އެނގިހުރެ ލޯބިވުމަށް ޖިބްރީލްގެފާނުގެ ވަޞިއްޔަތްފުޅު- އަގުހުރި ފިލާވަޅެއް!

އަހުރެމެންނަށް މިއަދު ކަންކަމާއި މީހުން ދެކެ ލޯބި މިވެވެނީ ވަކިވަރަކަށް ނޫނެވެ. އެންމެ ބޮޑަށް ލޯބިވާންޖެހޭ ﷲ ތަޢާލާއަށްވުރެވެސް މާބޮޑަށެވެ. އެހެންކަމުން ބުނެވެން އޮތީ އަހުރެމެންނަށް މިއަދު މިތިބީ ވަރަށް ބޮޑަށް މަގުއޮޅިފައި ކަމަށެވެ. 

ޖިބްރީލްގެފާނު ރަސޫލް އަށް ކުރެއްވެވި 5 ވަޞިއްޔަތްޕުޅުގެތެރޭގައި ވެއެވެ. 

"ބޭނުން މީހަކުދެކެ ލޯބިވާށެވެ! އެމީހަކާ ވަކިވާންޖެހޭނެކަން އެނގިހުރެއެވެ!" 

ޖިބްރީލްފާނުގެ މިބަސްފުޅުގައި ހިމެނޭ މާނަތަކުގެ ތެރޭގައި: 

1 ކިތަންމެ ލޯބިވާ އަނބިމީހާ/ ފިރިމީހާ އާއި މިދުނިޔޭގައިވެސް ވަކިވާންޖެހިދާނެކަން

2 އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ކިތަންމެ ލޯބިވީނަމަވެސް އެކަކު މަރުވުމުން ދެމީހުން ވަކިވާންޖެހޭނެކަން

3 ދުނިޔެ ދެކެ ކިތަންމެ ލޯބިން، ކިތަންމެ ވަރަކަށް ދުނިޔެއެދިގެން އުޅުނު ނަމަވެސް ދުނިޔެއާއި ވަކިވާންޖެހޭނެކަން

4 މީގެ އިތުރުން ކިތަންމެ ލޯބިވާ މީހަކާއިވެސް ވަކިވާންޖެހޭނެ ދުވަހެއް އަންނާނެކަން ހިމެނެއެވެ.

މިއީ ދުނިޔޭގައި ހޭދަކުރާ ދުވަސްތަކުގައި ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. އިންސާނުންގެ ފިކުރަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. ވީމާ ކިތަންމެ ލޯބިވާ މީހަކުވެސް ތިބާ އާއި ވަކިވެދާނެއެވެ. ވަކިނުވާނެ ކަމުގެ ގަރަންޓީގައި ދުނިޔޭގައި އުޅުމަކީ މޮޔަކަމެކެވެ. މާޔޫސްވެ ގޮތްހުސްވަނީ ދުވަހަކުވެސް ވަކިވާން ނުޖެހޭނެ ކަމުގެ ގަރަންޓީގައި ދުނިޔޭގައި އުޅޭ މީހުންނަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން