ތަފްސީރުގެ ޢިލްމުގައި ގިނަ ފޮތްތަކެއް ލިޔެވިފައިވެއެވެ. އެގެތެރެއިން ފާހަގަކޮށް ލެވޭ ފޮތް ތަކުގެ ތެރޭގައި:
1. ޖާމިޢުލް ބަޔާނި ޢަން ތައުވީލި އާޔިލް ގުރްއާން- އިބްނު ޖަރީރިއް ޠަބަރީ
2. އަލްކައްޝާފު ޢަން ޙަގާއިގިއްތަންޒީލި ވަޢުޔޫނިލް އަގާވީލި ފީ ވުޖޫހިއްތައުވީލި- އިމާމް ޣަޒާލީ
3. އައްތަފްސީރުލް ކަބީރި ވަމަފާތީޙިލް ޣައިބި – އިމާމް ފަޚްރުއްރާޒީ
4. ތަފްސީރުލް ގުރްއާނިލް ޢަޡީމް- އިމާމް އިބްނު ކަޘީރި
5. އަލްބަޙްރުލް މުޙީތި ފިއްތަފްސީރި- އަލްއިމާމް އަބޫ ޙައްޔާނި. واللهأعلم.
އިތުރު ސުވާލެއް:
މުންކަރާތް ނަޙީކުރުމުގެގޮތުން މަގުތަކުގައި ހަރުކޮށްފައިވާ އޮރިޔާން އަންހެނުން ތިބޭ ޕޯސްޓަރުތަކަށް ސްޕްރޭކުރުމަކީ ކޮންކަހަލަކަމެއްތޯ؟
އެފޮޓޯ ތަކުގެ ސަބަބުން މުޖްތަމަޢުގެ އަފްރާދުންނަށް ގެއްލުންތަކެއް ވާނަމަ، އެކަން ހުއްޓުވުމަކީ ދައުލަތުގެ ފަރާތުން ކުރަން ޖެހޭނެކަމެކެވެ. ޢާއްމުން ނިކުމެ އެކަން ކުރަން އުޅެފިނަމަ މަޞްލަޙަތު ގެއްލި ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އެބަ އޮތެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް