އެސްފިންނާއިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
އެސްފިންނާއިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން: ޑރ. އިޔާޟް

އެސްފިންނާގެއަޞްލަކީ މީހަކު އެހެންމީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަމެއް ފެނި އެކަމަށް މާބޮޑަށް ޙަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށްފޯރުވުމެވެ. ނުވަތަ ފޯރުމެވެ. ޙަސަދަވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވުން އެދި ދެންނެވުމަށް އަންގަވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَمِن شَرِّ حَاسِدٍ إِذَا حَسَدَ)

މާނައަކީ: " އަދި حسدވެރިޔަކު حسدވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ". 

ކޮންމެ އެސްފިންނާޖައްސާ މީހަކީ ޙަސަދަވެރިޔެކެވެ. ނަމަވެސް ކޮންމެ ޙަސަދަވެރިޔަކީ އެސްފިންނާ ޖައްސާ މީހެއް ނޫނެވެ. ޙަސަދަވެރިޔާ އަކީ އެސްފިންނާ ޖައްސާމީހާ އަށް ވުރެ ޢާއްމު މީހަކަށްވާތީވެ، ހަސަދަވެރިޔާ ގެ ނުބައިކަމުންސަލާމަތްކޮށްދެއްވުމަށް އެދުމުން އެސްފިންނާ ވެރިޔާވެސް އޭގެ ތެރޭގައިހިމެނިގެން ދާނެއެވެ. 

އެސްފިންނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. އޭގެ ތެރޭގައި ބުޚާރީ އާއި މުސްލިމް ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިންރިވާ ކުރެއްވި ޙަދީޘް ހިމެނެއެވެ. 

(كان رسول الله صلى الله عليه وسلم يأمرني أن أسترقي من العين)

މާނައަކީ: "އެސްފިންނާ އިން ސަލާމަތްވުމަށްރުގްޔާ ހެދުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަން ކަމަނާއަށް އަމުރު ކުރެއްވިއެވެ". އަދިވެސް ޙަދީޘް ކެރެއްވިއެވެ.

(العين حق ولو كان شيء سابق القدر لسبقته العين)

މާނައަކީ: "އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށްއެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ". 

عن عائشة رضي الله عنها قالت : كان يؤمر العائن فيتوضأ ثم يغسل منه المعين 

)މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިންރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުންއެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އަމުރު ކުރެއްވިއެވެ". 

އެސްފިންނާ އިން ސަލާމަތްވުމަށްޓަކައި ކުރަންވީ ކަންތައްތައް: 

ސޫރަތުލް ފާތިޙާ، އިޚްލާޞް، ފަލަގި، ނާސި، އާޔަތުލް ކުރްސީ ކިޔެވުންއެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކިޔުމަށް ސުންނަތުގައި ވާރިދުވެފައިވާ ވިރްދު ތައް ކިޔުން، އޭގެ ތެރޭގައި: 

(أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)، (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ)، (بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ)،

ހެދުނާއި ހަވީރުގެ ދުޢާތައް، ނިދަން އޮށޯންނަމުން ކިޔަންވާރިދުވެފައިވާ ދުޢާތައް، ނިދިން ތެދުވެފައި ކިޔަން ވާރިދުވެފައިވާދުޢާތައް ކިޔާ ސަލާމަތް ކަން ލިބިގަތުން ހިމެނިގެންވެއެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

 

 

މިއަދު އޮންލައިން