"އަހަރެންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ 27 އަހަރުގެ ޒުވާނަކީމެވެ. މައިން ބަފައިން އަހަރެން ކުރާ ކަންކަމާއިބެހި ނަޞޭޙަތް ދިނުމުން ރުޅި އާދެވެއެވެ. އަދި އެމީހުންގެ މޫނުމަތީގައި ބަސް ބުނެވެއެވެ. އަޅުގަނޑަށް އޮތް ޙުކުމަކީ ކޮބައިތޯއެވެ!"
"ތިބާގެ ތިއަ ޢަމަލުގެ ސަބަބުން ތިބާއަށް ނަރަކައިން ޖާގައެއް ޙައްޤުވެއެވެ. މައިންބަފައިންނަށް އެންމެ ކުޑަމިނުން ރުޅި މޫނުވެސް ދައްކާނީ ކިހިނަކުންހެއްޔެވެ؟ ރުޅިވެރިކަމާއިއެކު މައިންބަފައިންނަށް ބަލައިލުންވެސް ހުއްދައެއް ނޫނެވެ. ޢަމްދުން ހަރުކަށި ޢަމަލެއްކޮށްގެންނުވާނެއެވެ.
ވީމާ މައިންބަފައިންދެކެ ރުޅި އައިސް ޒުވާބުކޮށް ބަސްބުނެ، ހަރުކަށި ޢަމަލުތައްކޮށް ހެދުމަކީ އިންޞާފުން ކުރެވޭކަމެއްކަން ދައްކަން ދެއްކޭނީ ކޮން ޙުއްޖަތެއް ހެއްޔެވެ؟ އަވަހަށް ތިއަ ނުބައި އާދަ ދޫކޮށްލައި މައިންބަފައިންގެކިބައިން މާފަށް އެދޭށެވެ. އަދި ތައުބާވެސްވާށެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ރުޅިވެރިކަމުގެ ގޮތުން މައިންބަފައިންނަށް އެންމެ ކުޑަމިނުން "އުފްވެސް ނުބުނު މަށެވެ."
- ޝައިޚް ޢާޞިމް އަލްޙަކީމް