އަބަދުވެސް ކުރަން ވަރަށް ފައިދާބޮޑު ދުޢާއެއް! މިހާރު ކުރުން ގިނަކުރަންޖެހިފައިވާ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އަބަދުވެސް ކުރަން ވަރަށް ފައިދާބޮޑު ދުޢާއެއް! މިހާރު ކުރުން ގިނަކުރަންޖެހިފައިވާ ދުޢާއެއް!

ނޫޙްގެފާނު ކުރެއްވެވި ދުޢާ: 

رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا 

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި، މިއަޅާގެ މައިންބަފައިންނާއި، އިމާންވެގެންހުރެ މިއަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއްމިން ފިރިހެނުންނާއި، މުއްމިންއަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ"!

(ނޫޙް: 28) 

މި ދުޢާއަކީ އަބަދުމެ ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. އެއް ސަބަބަކީ ދުޢާގައި ތިމާއާއި މައިންބަފައިންނާއި އެންމެހައި މުއްމިނުންގެ ފާފަތައް ފުއްސަވައިދެއްވެވުން ހިމެނިފައިވުމެވެ. މިހާރުކުރުން ގިނަވެފައިވާ ސަބަބަކީ ﷲ ތަޢާލާއަށް އުރެދި ބޮޑެތި ފާތައްކޮށް އެމީހުންގެ އަމިއްލަ ނަފްސްތަކަށް ގެއްލުންދެމުން ގެންދާ މީހުން ގިނަވެފައިވުމެވެ. އެފަދަ މީހުންގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވަމުންދާތީއެވެ.    

މިބުނާ ބަހަށް ދަލީލް ލިބިގެންދަނީ އެ އާޔަތުގެ ކުރިއަށް އޮތް 2 އާޔަތުންނެވެ. 

"އަދި ނޫޙްގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ކާފިރުންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!"

"ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން ފާޖިރް، ކުފްރް ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ."

(ނޫޙް: 26،27) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން