އަންހެންކަނބަލަކަށް ﷲ ދެއްވެވި އެންމެ މަތިވެރި ޝަރަފް- ޚަދީޖަތުގެފާނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އަންހެންކަނބަލަކަށް ﷲ ދެއްވެވި އެންމެ މަތިވެރި ޝަރަފް- ޚަދީޖަތުގެފާނަށް!

ޚަދީޖަތުގެފާނުގެ މަތިވެރިކަމާއި ބެހޭގޮތުން ޢިލްމުވެރިން ވަނީ ބޮޑެތި ބޮޑެތި ފޮތްތައް ލިޔުއްވައިފައެވެ. އަދި މިހާރުވެސް އެކަމަނާގެ ޙަޔާތްޕުޅުގެ ކަންކަން ޔުނިވަރސިޓިތަކުގައި ދަނީ ދިރާސާކުރެވެމުންނެވެ. ތިރީގައި އެވަނީ އެކަމަނާގެ މާތްކަމާއި މަތިވެރިކަމާއިބެހޭ ގޮތުން ޝައިޚް އަހްމަދު ރިމާޒް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މުއުމިނުތަކުންގެ މަންމާފުޅު ޚަދީޖަތުގެފާނަށް ﷲ ތަޢާލާގެ ޙަޟްރަތުން ފޮނުއްވެވި ޚާއްސަ ސަލާމަކާއިގެން ޖިބްރީލްގެފާނު ފޮނުއްވެވިއެވެ. އަދި ޖިބްރީލްގެފާނުގެ ސަލާމްވެސް އެކަމަނާއަށް ރައްދުކޮށްދެއްވުމަށް ނަބިއްޔާ ﷺ ގެ އަރިހުގައި ދެންނެވިއެވެ. އަދި އެކަމަނާއަށްޓަކައި ސުވަރުގޭގައި އަލިމަހުންވާ ޚާއްސަ ގަނޑުވަރެއްވާކަމުގެ އުފާވެރި ޚަބަރުވެސް ޖިބްރީލްގެފާނު ދެއްވެވިއެވެ!

މިއީ އަންހެންކަނބަލަކަށް ﷲ ތަޢާލާ ދެއްވެވި ކޮންފަދަ މަތިވެރި ޝަރަފެއްތޯއެވެ!

އަންހެންކަނބަލުންނަށް ޢިއްޒަތާއި ޝަރަފާއި ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ހަމައެކަނި ނިޒާމަކީ އިސްލާމްދީނެވެ!

--ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން