ބަޤަރާ ސޫރަތް ނުކިޔެވުމަށްވުރެ ބޮޑު ދެރައެއް ނެތެވެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބަޤަރާ ސޫރަތް ނުކިޔެވުމަށްވުރެ ބޮޑު ދެރައެއް ނެތެވެ!

ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ ކަންކަމުގައި ޢިލްމުވެރިން ވަރަށް ގިނަ ކަންކަން ބަޔާންކުރައްވަވަތެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު ދެރައެއް ލިބުން އޮތީ ބަޤަރާ ސޫރަތް ނުކިޔެވުމުން ކަމަށް މިބުނާ ސަބަބުތައްވެސް ބުނެލާނަމަވެ.

އެންމެ ބޮޑު އެއް ސަބަބަކީ ބަޤަރާ ސޫރަތް ކިޔަވާ ގެއަކާއި ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެކަމެވެ. ސިހުރާއި އެސްފީނާއިން ސަލާމަތްކޮށްދޭ ބާރެއް ފަދައިން ޝައިޠޯނާގެ ކިބައިންވެސް ސަލާމަތްކޮށްދޭތީއެވެ.  

އަހުރެމެންގެ ގޮތަކަށް ވަދެ ޝައިޠޯނުންނަށް ހާލިހެދެނީ އެގެއަށް ވައްދާތީއެވެ. ޝައިޠޯނާއަށް ގެއަށް ވަނުމުގެ ފުރުޞަތު ނުދޭނަމަ ނުވަދެވޭނެއެވެ. ހުންނަން ޖެހޭނީ ދުރުގައެވެ. އެއިރުން ވަސްވާސްދީ އެގެއެއްގެ އަހުލުވެރިން މަގުފުރައްދަން މަސައްކަތްކުރަން އުނދަގޫވާނެއެވެ. ގޭތެރޭގައި ފިތުނަތައް އުފައްދުވަން ކުރެވޭ މަސައްކަތްތައްވެސް މަދުވާނެއެވެ.  

ވީމާ ބަޤަރާ ސޫރަތަކީ ޤިޔާމަތް ދުވަހު ތިބާއަށް ޝަފާޢަތްތެރިވާނެ ސޫރަތެއްގެ އިތުރުން ދުނިޔޭގައި ޝައިޠޯނާގެ ކިބައިން ތިބާ ސަލާމަތްކޮށްދޭނެ ސޫރަތެއްވެސްމެއެވެ. ވީމާ ގެތަކުގައި އަބަދުވެސް ބަޤަރާ ސޫރަތް ކިޔަމުން ގެންދާށެވެ. ގޭގެ އެންމެންވެގެން ނަމަވެސް މަދުވެގެން ކޮންމެ 3 ދުވަހަކުން ގޭގައި ބަޤަރާސޫރަތް ކިޔަމުން ގެންދާށެވެ. ކިޔަވާ މީހުންނަށާއި އެގެއަކަށް ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

ބަޤަރާ ސޫރަތް ނުކިޔެވުމަށްވުރެ ބޮޑު ދެރައެއް ނެތްކަމަށް މިބުނާ ސަބަބުތައް ކޮންމެވެސް މިންވަރަކަށް ބަޔާންކޮށް ދެވިއްޖެ ކަމަށް އުންމީދުކުރަމެވެ. ވީމާ ލިބެން އޮތް މިބޮޑު ދެރައިން ސަލާމަތްވެތިބުމަށްޓަކައި ކޮންމެ މީހަކީވެސް ބަޤަރާ ސޫރަތް ކިޔަވާ އަދި ކޮންމެ ގެއަކީވެސް އެގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާ ގެއަކަށް ހަދަން މަސައްކަތްކުރަމާ ހިނގާށެވެ!  

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

މިއަދު އޮންލައިން