ކޮންމެ ރެއަކު ކިޔަވަންވީ އާޔަތްތަކާއި ސޫރަތްތަކާއިބެހޭގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ ހަނދުމަފުޅު އައުކޮށްލަދިނުމެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކޮންމެ ރެއަކު ކިޔަވަންވީ އާޔަތްތަކާއި ސޫރަތްތަކާއިބެހޭގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ ހަނދުމަފުޅު އައުކޮށްލަދިނުމެއް

ކޮންމެ ރެއަކު ކިޔަވަންވީ އާޔަތްތަކާއި ސޫރަތްތަކާއިބެހޭގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ ހަނދުމަފުޅު އައުކޮށްލަދިނުމުގެ ގޮތުން ދަންނަވަމެވެ. 

"މުލްކުސޫރަތާއި، ސަޖްދަ ސޫރަތާއި އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔަވައި ވިދާޅުވެފައި ނޫނީ ރަސޫލް އަވަހާރަފުޅު ނުލައްޕަވާކަމަށް އޮވެއެވެ. އަދި ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތުގެ އެންމެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް (އެދުވަހަށް) ފުދޭނެ ކަމަށްވެސް ޙަދީޘްފުޅުގައި އޮވެއެވެ. 

ކޮންމެ ރެއަކު މުލްކް ސޫރަތް ކިޔެވުމަކީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކަން ލިބޭނެ ކަމެކެވެ. ކޮންމެ ރެއަކު 100 އާޔަތް ކިޔެވުމަކީ މުޅި ރޭ އަޅުކަންކުރިކަމުގެ ޘަވާބު ލިބޭ ކަމެކެވެ.

އަދިވެސް ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔެވުމަކީ އޭނާ ސުވަރުގެ ވަނުމާއިމެދު މަރު (މަރުވުން) ފިޔަވައި ހުރަހެއް ނެތް ކަމެކެވެ. 

ދެއިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ" 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލްޠީފް

މިއަދު އޮންލައިން