ކްލޯންކުރުން: މަންމައަކާ ބައްޕައަކާ ނުލައި ދަރިއަކު އުފަންކުރުވިދާނެތަ؟ އުފަންވެއްޖެ ނަމަ ވާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 13މ 57ސ
ކްލޯންކުރުން: މަންމައަކާ ބައްޕައަކާ ނުލައި ދަރިއަކު އުފަންކުރުވިދާނެތަ؟ އުފަންވެއްޖެ ނަމަ ވާނީ ކިހިނެއްތަ؟

ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ހައްދަވާފައިވަނީ އެންމެ ފުރިހަމަ ގޮތުގައެވެ. އަދި އެއިންސާނާ ވަނީ މާތް ކުރައްވާފައެވެ. ސޫރަތުލް އިސްރާގެ 70 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْكَرَّ‌مْنَابَنِيآدَمَوَحَمَلْنَاهُمْفِيالْبَرِّ‌وَالْبَحْرِ‌وَرَ‌زَقْنَاهُممِّنَالطَّيِّبَاتِوَفَضَّلْنَاهُمْعَلَىٰكَثِيرٍ‌مِّمَّنْخَلَقْنَاتَفْضِيلًا)

މާނައަކީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزقދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." 

އިންސާނާ އަށް ބުއްދި ދެއްވުމުން ޒީނަތްތެރި ކުރެއްވިއެވެ. އަދި ތަކްލީފު ޖެއްސެވުމުން ޝަރަފްވެރި ކުރެއްވިއެވެ. އަދި ބިމުގެ ޚަލީފާ އެއް ކަމުގައި ލެއްވިއެވެ. ބިން އާރާސްތު ކުރުމުގެ ޒިންމާ އިންސާނާ އާއި ޙަވާލު ކުރެއްވިއެވެ. ﷲ ގެ ރިސާލަތު އުފުއްލަވަން ޖެއްސެވީ އިންސާނަކާއެވެ. އެގޮތުންވެސް އިންސާނާވަނީ މާތް ކުރައްވާފައެވެ. ރޫމް ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.

(فَأَقِمْوَجْهَكَلِلدِّينِحَنِيفًا ۚفِطْرَ‌تَاللَّـهِالَّتِيفَطَرَ‌النَّاسَعَلَيْهَا ۚلَاتَبْدِيلَلِخَلْقِاللَّـهِ ۚذَٰلِكَالدِّينُالْقَيِّمُوَلَـٰكِنَّأَكْثَرَ‌النَّاسِلَايَعْلَمُونَ)

މާނައަކީ: " ފަހެ، ބާޠިލް މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަވެގެންވާ ޙާލް، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި اللَّهގެ ފިޠުރަތެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." 

އިންސާނާގެ ނަސްލު ޙިމާޔަތް ކުރުމަކީ ޝަރީޢަތުގެ މަގްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަންތައްތައް ޙިމާޔަތް ކުރުމަށް ވަރުގަދަ ފިޔަވަޅުތައްވަނީ އަޅުއްވާފައެވެ. 

އިންސާނާ އަށް ނޭނގޭ ކަންތައްތައް މާތްﷲ ދަސްކޮށްދެއްވިއެވެ. އަދި ކަންކަމާއި މެދު ވިސްނާ ފިކުރުކޮށް، ދަސްކޮށް ހެދުމަށް އަންގަވާ އަމުރު ކުރެއްވިއެވެ. އަދި އިންސާނީ ހޯދުންތަކަށް އިސްލާމްދީން ހުރަހެއް ނާޅުއްވައެވެ. ނަމަވެސް މިގޮތުން ހޯދޭ ހޯދުންތަކަކީ އިންސާނުންނަށް ފައިދާ ހުރި ކަންތައްތަކަށް ވާން ޖެހޭނެއެވެ. ހޯދުންތަކުގެ ސަބަބުން އިންސާނުންނަށް ގެއްލުމެއް ނުވަތަ އުނދަގުލެއްވާނަމަ ނުވަތަ އިންސާނުންގެ ނަސްލު އޮޅިގެން ދާނަމަ އެފަދަ ކަންކަން އިސްލާމްދީން މަނާ ކުރައްވައެވެ.

މިފަހުގެ ހޯދުންތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އިންސާނުން ކްލޯން ކުރުމެވެ. މިކަމުގެ ޙުކުމް ބަޔާން ކުރުމުގެ ކުރިން އިންސާނުން ކްލޯން ކުރުމަކީ ކޮބައިތޯ ބަލައިލުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކަރުން މަތީގެ ޑރ އެއް ކަމުގައިވާ ޑރ. މަޢްރޫފް ޙުސައިންގެ ލިޔުއްވުމެއް މިތަނުގައި ނަކަލުކޮށްލާނަމެވެ. 

"ހިތްޕުޅަށް ގެންނަވާށެވެ.  އިންސާނެކެވެ. އޭނާގެ ޙަޤީޤީ "ބައްޕައެއް" އަދި "މަންމަ" އެއް ވެސް ނުވެއެވެ. މިއީ ވެދާނެ ގޮތެއް ކަމަށް ހީފުޅު ކުރެވޭތޯއެވެ؟ އިވެމުންދާ ޚަބަރުތަކުން ހީވާ ގޮތުގައި ވަކި ޙައްދެއް ނެތި ކުރިއަރަމުން އަންނަ ސައިންސް ދުނިޔެއަށް ކުރިމަތި ކޮށްފާނެ އެންމެ ފަހުގެ ސިއްސުވާލުމަކީ މިއީ އެވެ. އާދޭހެވެ! މި ފަހަކަށް އައިސް އިވެމުން މިދާ "ކްލޯން" ކުރުމެވެ. މިއީ އެކަމުގެ ބާވަތާއި އެއިން ނިކުމެދާނެ ނަތީޖާތަކުގެ ބިރުބޮޑުކަމުން ދުނިޔޭގެ ޢާންމުންގެ އިތުރަށް ހިނދު މިކަމުގައި އުޅޭ ސައެންސްވެރީންގެ ވެސް މޭ ގުޑުވާލާފައިވާ ހޯދުމެކެވެ. 

މި މަޒުމޫނުގައި "ކްލޯން" ކުރުމަކީ ކޮބައިތޯ އަލިއަޅުވާލެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. އެއީ ދުނިޔޭގައި ހިގަމުން އަންނަ މި ބާވަތުގެ ކަންތަކާއިމެދު މުޅީން ޣާފިލު ކަމެއްގެ ތެރޭގައި ތިބުމަކީ ރަގަޅު ގޮތެއް ނޫން ކަމުގައި ފެންނާތީއެވެ،. އެހެނީ މިކަންތަކާއި ވިދިގެން ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމަކީ އީމާންކަމާއި ޢަޤީދާ ސަލާމަތްކަން މަތީގައި ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ކަމެކެވެ.މަޢްރޫފް ހުސައިން ލިޔުއްވާފައިވާ ލިޔުއްވުމެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ. 

"ކްލޯން" މި ބަހުން ދޭހަވާ އެއް މާނައަކީ ކޮންމެވެސް އެއްޗަކާއި މުޅިން އެއްގޮތްކަން ހުރި އެއިގެ ނަކަލެކެވެ. އަދި ކްލޯން ކުރުމަކީ މިފަދަ ނަކަލެއް އުފެއްދުމެވެ. މީގެ ތަފްޞީލުގެ ތެރެއަށް ދިއުމުގެ ކުރީން ބައެއް ނުގުތާތަކަށް އަލިއަޅުވާލަމާ ތޯއެވެ؟

ހުރިހައި ތަކެއްޗެއް ނެތުމުގެ ތެރެއިން އުފެއްދެވި މަތިވެރި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދުނިޔޭގައި ލައްވާފައިވާ ދިރޭ ތަކެތި މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ދިރޭ ޙައިވާންތަކާއި ގަސްގަހާގެއްސެވެ. މި ހުރިހައި މަޚުލޫގާތު ތަކެއް ވެސް އުފެދިގެން ވަނީ ލޮލަށް ނުފެންނަ ކުދިކުދި "ސެލް" ނުވަތަ ހަތާ ތަކަކުންނެވެ. ގާތަކަކުން ގެއެއް ޢިމާރާތް ކުރެވިފައިވާ ފަދަޔަކުންނެވެ. އަދި ޢާންމު ގޮތެއްގައި ދިރޭ ކޮންމެ މަޚުލޫގެއް ވެސް ވުޖޫދަށް އަންނަނީ "މަންމަ" އަކާއި "ބައްޕަ"  އެއްގެ ވާސިޠާ އިންނެވެ. މިސާލަކަށް ކުޑަ ކުއްޖެއް އޭނާގެ މަންމަގެ ރަޙިމުގެ ތެރޭގައި އުފެދެން ފަށަނީ މަންމަގެ ކިބާގައިވާ "ބިސް" ނުވަތަ "އޯވަމް" އާއި ބައްޕަގެ ފަރާތުން އަންނަ "ސްޕާރމް" ނުވަތަ "ފަނި" ގުޅުމުގެ ސަބަބުންނެވެ. 

ހަށިގަނޑުގައިވާ އެހެން ހުރިހައި ސެލްތަކަކާއި މިދެންނެވި ދެ ވައްތަރުގެ ސެލް އާދެ “އޯވަމް” އަދި “ސްޕާރމް” ތަފާތެވެ. މި ދެ ވައްތަރު ފިޔަވައި އިންސާނާގެ ހަށިގަނޑުގެ އެހެން ކޮންމެ ހަތާއެއްގައި ވަނީ 46 "ކްރޮމޮޒޯމް" އެވެ. ކްރޮމޮޒޯމް ނުވަތަ މި ފަހުގެ ދިވެހި ބަހަކުން ނަމަ "ވިރާސީ ބަހާ" އަކީ ކުޑަކުއްޖާގެ ހަށިގަނޑު އުފެދި ބޮޑުވުމަށްޓަކައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް އޭގައި އެކުލެވިގެންވާ ބައެވެ. ގެއެއް ފަރުމާ ކުރުމަށްޓަކައި މީހަކު ކުރަހާލާފައިވާ ކުރެހުމެއް ފަދައިންނެވެ.

އަންހެނާގެ ބިހުގައި ނުވަތަ ފިރިހެނާގެ ފަނީގައި ވަނީ 23 ކްރޮމޮޒޯމް އެވެ. އާދެ، ހަށިގަނޑުގައިވާ އާދައިގެ ސެލްއެއްގެ ދެބައިކުޅަ އެއްބައި ޢަދަދަށެވެ. ކުޑަ ދަރިފުޅުގެ ކިބައިގައި މަންމަ އާއި ބައްޕަ އާއި ދެމީހުންގެ ފަރާތުގެ ސިފަ އަށަގަތުމުގެ ސަބަބަކީ މިއީކަން ވިސްނި ވަޑައިގަންނަވާނެއެވެ. އާދެ ދެބައިކުޅަ އެއްބައި “ކްރޮމޮޒޯމް” ނުވަތަ މަޢުލޫމާތު ބައްޕަގެ ފަރާތުން އަދި އަނެއްބައި މަންމަގެ ފަރާތުންނެވެ. ޢާންމު ގޮތެއްގައި ގިނަ ދިރޭ ތަކެތި ވިހައި ދިރެނީ މިގޮތަށެވެ. މައިގަނޑު ތަފާތު ވަނީ އެކިއެކި މަޚްލޫގާތު ތަކުގެ ސެލްތަކުގައިވާ “ކްރޮމޮޒޯމް” ގެ ޢަދަދާއި އަދި އެއިގައި ހިމެނިގެންވާ މަޢުލޫމާތުގައެވެ.

ދިރޭ ތަކެތި އުފެދި އިތުރުވުމަށް ﷲ ލައްވާފައިވާ ޢާންމު ޤާނޫނަކީ މިއީ ކަމުގައި ވީނަމަވެސް ބައެއް ވައްތަރުގެ ތަކެތި މިނޫން ގޮތް ގޮތަށް ވެސް އުފެދޭ މިގޮތް ފިޠުރަތުގައި ލައްވާފައި ވެއެވެ. މިސާލަކީ ޖަރާސީމާއި އެފަދަ ކުދިކުދި ސޫފިތަކެވެ. މި ތަކެތި ދެ ވައްތަރުގެ ދޭތި ގުޅުމަކާއި ނުލައި އިތުރު ވެއެވެ. އެއީ ޖަރާސީމެއް އެއިގެ ސެލްގައިވާ ކްރޮމޮޒޯމް ތަކުގެ ނަކަލެއް އުފައްދައި އެކަތި ދޭއްޗަށް، ދޭތި ހަތަރެއްޗަށް، ހަތަރެތި ސޯޅަޔަށް، ސޯޅަ އެތި ދުއިސައްތަ ފަންސާސް އެއްޗަށް ވެގެންދާ އުސޫލެވެ. މިގޮތުން ޖަރާސީމު ދޭއްޗަށް ވުމަށްޓަކައި ދިހަ މިނެޓް ނަގަނީ ހަމަ ދިހަ މިނިޓް ފަހުން ދޭތި، ވިހި މިނިޓް ފަހުން ހަތަރެތި، ތިރީސް މިނިޓް ފަހުން ސޯޅަ، ސާޅީސް މިނިޓް ފަހުން 256، ފަންސާސް މިނިޓް ފަހުން 65536، އަދި ގަޑިއެއް ހަމަވާއިރު ހަތަރު ހާސް ދުއިސައްތަ ނުވަދިހަ ހަތަރު މިލިއަން (4294967296) ޖަރާސީމު އުފެދިފައި ވާނެއެވެ! 

ﷲ ގެ ކުޅަދުންވަންތަ ވެރިކަމުގެ ބޮޑު ކަމާއެވެ! މިފަދައިން އުފެދޭ ޖަރާސީމަކީ އެކަތި އަނެކަތީގެ ކްލޯން” ނުވަތަ ނަކަލެކެވެ. ޖަރާސީމު ފަދަ ތަކެތީގެ އިތުރުން ދެ ވައްތަރުގެ ދޭތި 0އަންހެން، ފިރިހެން) މެދުވެރި ނުވެ އެއިގެ އަމިއްލަ ކްލޯން” އެއް ނުވަތަ “ނަކަލެއް” އުފެދުމުގެ އެހެން މިސާލަކީ ތިބާ އަވައްޓަރި ގެއަކުން ގެނެސް ގޭގައި އިންދަވައިގެން ތިޔަ އުޅުއްވާ ފިނިފެންމާ ކުރި ނުވަތަ ޖަބުރޯލު ގޮފި ގަޑެވެ! އެ ގޮފި ދިރިއްޖެ ނަމަ އެއިގެ މައި ގަހުގެ “ކްލޯނެއް” ނުވަތަ ނަކަލެއް އުފެދުނީއެވެ! ގަހުގައިވާ އަންހެން”، “ފިރިހެން” ބާވަތް ގުޅުމުގެ ސަބަބުން އުފެދޭ އޮށުން ފަޅާ ގަހާއި މިގޮތުން ކުރިއަކުން ދިރުވޭ ގަހުގެ ސެލް ތަކުގައިވާ “ޖެނެޓިކްމަޢުލޫމާތުގައި ވަރަށް ބޮޑު ތަފާތުތަކެއް ވާނެއެވެ. މިހިސާބުން މަޢުޟޫޢަށް ރުޖޫޢަ ވަމާތޯއެވެ؟ ކްލޯނިންގް ގެ މަސްއަލަ ދުނިޔޭގެ ސަމާލުކަމަށް އައީ 1997 ގައި ސްކޮޓްލޭންޑުގެ ރޮސްލިން އިންސްޓިޓިއުޓްގެ ސައިންޓިސްޓެއް ކަމުގައިވާ ވިލްމަޓްގެ ދަށުގައިވާ ޓީމަކުން 6 އަހަރަށްދާ ކަންބަޅި ބަކަރިއެއްގެ ވަށްގަޑުގެ އެންމެ ސެލް އެއް ކްލޯން ކޮށްގެން ހަމަ އެފަދަ ކަންބަޅިއެއް ދުނިޔެއަށް އައި ޚަބަރު އިޢުލާން ކުރުމުންނެވެ. މި އުފެދުނު ކަންބަޅީގެ ޙަޤީޤީ މަންމައެއް ނުވަތަ ބައްޕަ އެއް ވެސް ނުވެއެވެ. މި ކަންބަޅިއަށް އެމީހުން ދިން ނަމަކީ “ޑޮލީ” އެވެ. މީތި ދުނިޔެއަށް އުފަންވީ ތަސްވީރުގައި ދައްކާދީފައި އެވާ ގޮތަށެވެ.(1: ބޯކަޅު އަންހެން ކަންބަޅި (ހ) އެއްގެ އޯވަމް ނުވަތަ “ބިސް” ނެގުމަށް ފަހު އެ ބިހުގެ ޖެނެޓިކް މަޢުލޫމަތު އެކުލެވޭ ނިއުކްލިއަސް ނަގަނީ، 2: ބޯހުދު ކަންބަޅިއެއް (ށ) ގެ ވައްގަޑުގެ ސެލް އެއް ނެގުމަށް ފަހު، 3: ކަރަންޓެއްގެ ބޭނުން ކޮށްގެން ނިއުކްލިއަސް ވަކިކޮށްފައިވާ ބިހާއި ވައްގަޑުގެ ސެލް އާއި ގުޅުވަނީ، 4: ގުޅުވުނު ސެލް ދަރިމައި ވެފައިވާ ބިހެކޭ އެއްފަދައިން ބައިބައިވެ ގިނަވެ “އެމްބްރިއޯއެއް އުފެދުނީ، 5: ބޯ ކަޅު އެހެން ކަންބަޅިއެއް (ނ) ގެ ރަޙިމުގެ ތެރޭގައި މި "އެމްބްރިއޯ އިންދަނީ، 6: ބޯކަޅު ކަންބަޅީގެ ބަނޑުން ވިހޭ "ޑޮލީ" އޭ ކިޔުނު ދަރި.)

ކުރެހުމަށް ވިސްނާލެއްވުމުން ޑޮލީ އޭ ކިޔުނު ކަންބަޅި އުފެދިގެން އައީ ހަމައެކަނި "ށ" ނުވަތަ ބޯ ހުދު ކަންބަޅީގެ ކިބައިގައިވާ ޖެނެޓިކް މަޢުލޫމާތުންކަން ސާފުވެ ވަޑައިގަންނަވާނެއެވެ. ޔަޢުނީ ޑޮލީ އަކީ އެއިގެ ނަކަލެކެވެ. ކުރީން ދެންނެވި ފިނިފެންމާ ކުރިއެކޭ އެއްފަދައިންނެވެ. އެއިގެ ޙަޤީޤީ ދަރިއެއް ނޫނެވެ. އަދި އެ އެއްޗެއްގެ ބަނޑުން ޑޮލީ ވިހޭ އެތީގެ ދަރިއެއް ވެސް ނުމެ ނޫންމެއެވެ. ޢަޖައިބު ވާ ފަދަ ކަމެއް ދޮގެއްތޯއެވެ؟

"ޑޮލީ" އުފަންވުމާއިއެކު ސައިންސުގެ ދުނިޔެއަށް ވަރުގަދަ ހަލަބޮލި ކަމެއް އައެވެ. ދާދި އަވަހަށް އެތަން މިތާގައި ތިބި ސައިންޓިސްޓުން މި ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އެކި ބާވަތް ބާވަތުގެ ޖަނަވާޜުތައް "ކްލޯން"  ކުރަން ފެށިއެވެ. މީގެ ތެރޭގައި ރާމާމަކުނު، އޫރު، ގެރި ހިމެނެއެވެ. އަދި 2001 ގައި، ދުނިޔެއިން ހުސްވާން ކައިރިވެފައިވާ ބާވަތެއްގެ ގެރިއެއް ވެސް ވަނީ ކްލޯން ކޮށްފައެވެ. ނަމަވެސް މިސޮރު ވަނީ ވިހޭތާ ދެތިން ދުވަސް ތެރޭގައި މަރުވެފައެވެ. 

މިހިސާބުން އުފެދޭ ސުވާލަކީ ގެރިފަދަ ބޮޑެތި ޖަނަވާރުތައް ކްލޯން ކުރެވޭނަމަ އިންސާނުން ވެސް ކްލޯންކުރެވިދާނެ ބާވައެވެ؟ މި ބިރުވެރި ސުވާލުގެ ޖަވާބު ލެބޯޓަރީ އަކުން ނިކުތުމުގެ ކުރީން މި ކަންތަކަށް ހުއްޓުމެއް ގެނައުމަށް ދުނިޔޭގެ ހުރިހާދިގުން ގޮވާން ފެށިއެވެ. އިންސާނުން ކްލޯން ކުރުމާއިބެހޭ އެއްވެސްރިސާރޗެއް ނުވަތަ ތަޙުލީލެއް ކުރުމަކީ މަނާ ކަމެއް ކަމުގައި ހަދާ އެމެރިކާޢައި އަދި ޔޫރަޕުގެ ގައުމުތަކުގައި ގާނޫނު ފާސް ކުރިއެވެ. އިސްލާމީޢިލްމުވެރީންނާއި، ނަޞާރާ އަދި ޔަހޫދީ ދީނުގެ ފާދިރީން މިކަމާއި ދެކޮޅަށްފަތުވާ ދިނެވެ. ސަބަބަކީ މީގައި ހިމެނިގެންވާ ކަންތަކުގެ ބޮޑުކަމެވެ. މިސާލަކަށް މީހަކު މަރުވުމުގެ ކުރީން އޭނާގެ ހަށިގަނޑުގެ އެތިކޮޅެއް ހަލާކުނުވާނެ ފަދައިން ރައްކާކޮށްފިނަމަ އެތައް ޒަމާނެއްގެ ފަހުން ވެސް އޭނާގެސެލް އެއްގެ ބޭނުން ކޮށްގެން އޭނާގެ “ނަކަލެއް” އުފެއްދިދާނެ ހެއްޔެވެ؟ މިހާރު ވެސް މި ޓެކްނޮލޮޖީ ފުރިހަމަވާ ދުވަހަކުން އަލުން “ކްލޯން” ވެގެންދުނިޔެއަށް “އަންނާން” ކަމަށް އެތައް ހަށިތަކެއް ފިނި ކޮށްފައި ބަހައްޓާންފަށައިފި ކަމުގައި ވެއެވެ. މަނާ ކޮށްފައި އޮތެއް ކަމަކު “އިންސާނަކުކްލޯން ކުރުމުގެ މަސައްކަތް ހުޅަގުގެ އެތަކެއް ލެބޯޓަރީ ތަކެއްގައި ވަރަށްފޯޜިއާއެކު ހިގަމުން އެބަދެއެވެ. ދާދި ފަހުން އިޓަލީގެ ސައިންޓިސްޓެއްއިޢުލާން ކުރި ގޮތުގައި މި އަހަރުގެ ކުރީކޮޅުގައި ކްލޯން ކޮށް އަންހެނެއްގެރަޙިމުގައި އަށަގަންނަވާފައިވާ ކުއްޖެއް ވިހާނެއެވެ. ދެން އުފެދޭ ސުވާލަކީކްލޯން ކޮށްގެން ދުނިޔެއަށް އަންނަ ތަކެތި އެއީ މި ހަމައެއް ލަމައެއް ނެތްސައިންޓިސްޓުން "އުފައްދާ" އެއްޗެއް ހެއްޔެވެ؟ މި ސުވާލު އުފެދޭން ޖެހޭސަބަބަކީ އެންމެ ކުޑަމިނުން މެއްސެއްގެ މިންވަރު ވެސް " އުފެއްދުމަކީ"  އެއްވެސް އިންސާނަކަށް ވާނޭ ކަމެއް ނޫން ކަމެއް ކަން ވަނީ ކީރިތި ޤުރުއާނުގައި އަންގަވައި އެކަމަށް ގޮން ޖައްސަވާފައެވެ. މީގެ ޖަވާބުގައިދެންނެވެން އޮތީ ނޫނެކެވެ. ފިނިފެންމާ ކުރިއެއް އިންދައިގެން އެ ކުރިދިރުމުން އެއީ ތިމަންނާ އުފެއްދި އެއްޗެކޭ ނުބުނެވޭނެ ފަދައިންނެވެ ޙަޤީޤަތަކީ މެއްސެއްގެ ނުވަތަ އެއަށްވުރެ ދެރަ ނިކަމެތި އެއްޗެއްގެނަމަވެސް ސެލް އެ އެއްޗަކުން އުފެދިފައިވާ ޕްރޮޓީން ފަދަ އެންމެ ޕްރޮޓީންމޮލިކިއުލް އެއް އުފެއްދުމުގެ ޤާބިލުކަން ވެސް އިންސާނާއަށް އަދި ލިބިފައިނުވާ ކަމެވެ. ހަމަ މިފަދައިން އުފެދޭ އަނެއް ސުވާލަކީ މި ޓެކްނޮލޮޖީގެބޭނުން ކޮށްގެން މަރުވެފައިވާ މީހަކު އަލުން ދުނިޔެއަށް ގެނެވިދާނެހެއްޔެވެ؟ (ސުބުޙާނަﷲ!) މިސާލަކަށް އެކްސިޑެންޓެއްގައި މަރުވެފައިވާކުޑަކުއްޖެއްގެ މައިންބަފައިންގެ އެދުމުގެ މަތީން އެކުއްޖާގެ ސެލްއެއްކްލޯން ކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމުގައި ވެއެވެ. ކްލޯންއެއްގައި ވަނީ އެ އެއްޗެއްގެ ސެލް އަކުން އެ ކޮލޯން ކުރެވުނު އެތީގައިވާޖެނެޓިކް މަޢުލޫމާތު ކަމުގައި ވުމުން އެ ދޭތީގައިވާ އެއްގޮތްކަން ވަރަށްބޮޑު ވާނެއެވެ. ފަހަރެއްގައި ކުރީން ދެންނެވުނު ކުއްޖާގެ ކްލޯން އެއް އުފެދުނު ކަމުގައި ވިޔަސް އެ ކުއްޖަކު ވާނީ ކުރީގެ ކުއްޖާ އާއި އެއްވެސްތަފާތެއް ނެތް އެހެން ކުއްޖަކަށެވެ. އެންމާބަޑު ދެބޭން ފަދައިންނެވެ. ކިތަންމެ އެއްގޮތް ވިޔަސް މިއީ ދެ މަޚުލޫޤެކެވެ. ދެ ނަފްސެކެވެ. މިއީ މިއަދުގެ ސައިންސުގެ ކުރިއަރާފައިވާ ހިސާބެވެ. މިއީ މި ނިކަމެތި އިންސާނާގެކިބައިގައި ވެސް ހުރި ކުޅަދާނަކަމެވެ. އިންސާނާ އާއި މިއޮއް ބޮޑުކާއިނާތާއި އެއިގައިވާ ހުރިހާ މަޚުލޫޤުތައް ނެތުމުގެ ތެރޭން އުފައްދަވައިގެންގުޅުއްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އަޅުގަނޑުމެން މަރުވެ ކަށިތައްފީވެ ވެއްޔާއި މޮޑެވިފައިވަނިކޮށް އަލުން ދިރުއްވައި މަޙްޝަރު ކުރެއްވުމަކީއެއްވެސް އުދަގޫ ކަމެއް ކަމުގައި ވެދާނެ ކަމުގައި ހީފުޅު ކުރެއްވޭތޯއެވެ؟ ﷲއަށް ބިރުވެތިވެ ލައްވާށެވެ! އާދެ އެ ދުވަހަށްޓަކައި ތައްޔާރުވެލައްވާށެވެ واللهأعلم!" 

(މިލިޔުމަކީ "ޖަނަވާރު ކްލޯންކުރުން ހުއްދަތޯ؟" ކުރެވޭ ސުވާލަށް ޑރ. މުޙައްމަދު ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެވެ.)

 

މިއަދު އޮންލައިން