ސުވަރުގޭގެ 8 ދޮރުކޮޅު: ތިބާއަށް ވަދެވޭނެކަމަށް އުންމީދުކުރަނީ ކޮން ދޮރުކޮޅަކުންތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ސުވަރުގޭގެ 8 ދޮރުކޮޅު: ތިބާއަށް ވަދެވޭނެކަމަށް އުންމީދުކުރަނީ ކޮން ދޮރުކޮޅަކުންތަ؟

ފާޠިމަތު ނަޢީޝާ

" އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ތަޤުވާވެރިވިމީހުން ބައިބައަށް ސުވަރުގެއާއި ދިމާއަށް ދާނެތެވެ. އަދި އެސުވަރިގޭގެ ކައިރިއަށް އެއުންރަނަށް އާދޭވޭހިނދު އެތާގެ ދޮރުތައް ހުޅުވާފައި ހުންނާނެތެވެ. އަދި އެތާގެ ބަނޑޭރިން އެއުރަންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ. " سورة الزّمر : 73

ނިކަން ވިސްނާލައްވާށެވެ! ސުވަރުގެއަށް ވަނުމަށް ތިބާއަށް ގޮވާލެއްވޭ ވަގުތުކޮޅު ނިކަން އިހްސާސްކޮށްލައްވާށެވެ! ސުވަރުގޭގެ ދާއިމީ އުފަލާއި އަރާމާއިމެދު ނިކަން ވިސްނާލައްވާށެވެ! އެމަތިވެރި ނިޢުމަތް ބޭނުންނުވާނީ ކާކުހެއްޔެވެ؟

ތިރީގައިމިވަނީ، ސުވަރުގޭގެ 8 ދޮރުކޮޅުގެ ނަމެވެ.

• ބާބު އައްޞަލާތު

މިއީ، ވަގުތުގައި ނަމާދު އަދާކުރާމީހުންނަށް ޚާއްސަ ދޮރުކޮޅެކެވެ. އެގޮތުން، އިޚްލާޞްތެރިކަމާއިއެކު ވަގުތުގައި ނަމާދު ޤާއިމްކުރާމީހުންނަށް އެތަށް ޙެޔޮ ޖަޒާއެއް ލިބޭނެކަމަށް މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާވަނީ ވަޙީކުރައްވާފައެވެ.

" އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އަދައިގެން ކެތްތެރިވެ ނަމާދު ޤާއިމުކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، ސިއްރާއިފާޅުގައި ހޭދަކޮށް ، އަދި ހެޔޮކަންތަކުން ނުބައިކަންތައްދުރުކުރާ މީހުންނެވެ. އެއުރެންނަށް އާޚިރަތުގައި އުފާވެރިގޮވަތިހުއްޓެވެ. " سورة الرّعد : 22

• ބާބު އަލް ޖިހާދު

މިއީ ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުން ސުވަރުގެވަންނާނެ ދޮރުކޮޅެވެ.

" އަދި ދީނާއި ދެކޮޅަށް އުފައްދާ ފިތުނަވެރިކަން ނެތިއްޖައުމަށް ދާންދެން އަދި ދީން، ﷲއަށް ޚާލިޞްވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެއުރެންނާއި ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބައެއްގެ މައްޗަށް މެނުވީ ޢަދާވާތްތެރިވުމެއްނެތެވެ. " سورة البقرة : 93

• ބާބު އައްޞަދަޤަ

މިއީ ﷲ ގެ މަގުގައި ޞަދަޤާތްކޮށް އުޅުނު މީހުން ސުވަރުގެއަށް ވަންނާނެ ދޮރުކޮޅެވެ.

• ބާބު އައްރައްޔާން

މިއީ، އިޚްލާޞްތެރިކަމާއިއެކު، ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ރަޙުމަތްލުބުންއެދި ރޯދަ ހިފާ މީހުން ސުވަރުގެ ވަންނާނެ ދޮރުކޮޅެވެ.

• ބާބު އަލް ޙައްޖު

މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރިމީހުން ސުވަރުގެ ވަންނާނެ ދޮރުކޮޅެވެ.

• ބާބު އަލް ކާޒިމީން އަލް ޤައިޒް ވަލް އާފިނާ އަނިއްނާސް މިއީ ރުޅިމަޑުކޮށް އެމީހުންގެ އަޚުންނަށް މާފުކޮށް އުޅުނު މީހުން ސުވަރުގެ ވަންނާނެ ދޮރުކޮޅެވެ.

• ބާބު އަލް އީމާން

މިއީ ތެދުވެރިކަމާއިއެކު ﷲ ގެ މަގުގައި ޘާބިތުވެހުރެ، އެކަލާނގެ އެމީހަކަށް މެދުވެރިކުރައްވާ ގޮތަކާއިމެދު ކެތްތެރިވެ، ހުރިހާ ކަމެއްގައި އެކަލާނގެއަށް އިތުބާރުކޮށް އަދި އެކަލާނގެ އަމުރުފުޅަށް ކިޔަމަންވުމުގައި މުޅި އުމުރުދުވަސް ހޭދަކުރާމީހާ ސުވަރުގެވަންނާނެ ދޮރުކޮޅެވެ.

• ބާބު އައް ޛިކްރު

މިއީ ގިނައިން ﷲ ހަނދުމަކޮށް އެކަލާނގެއަށް ޛިކުރުކޮށް އުޅުނު މީހުން ސުވަރުގެ ވަނުމަށް ޚާއްސަކުރެވިފައިވާ ދޮރުކޮޅެވެ.

އެހެންކަމުން ތިޔަބައިމީހުންގެ އެންމެ ފަހު މަންޒިލަށް ދިޔުން އޮތީ މިއިން ދޮރުކޮޅެއްގެ ތެރެއިންކަމުގައި ހަދަމާތޯއެވެ. ސަވަރުގޭގެ ނިޢުމަތް ލިބުމަކީ ތިބާއަށް ލިބޭނެ އެންމެ ފުރިހަމަ ކާމިޔާބުކަން ހަނދާންނައްތާނުލާށެވެ.

" ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާމީހާ، އެތާގެ ދަށުން ފެންއާރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީއެއީއެވެ. " سورة النّساء : 13

--މަސްދަރު: އިސްލާމީ ހިދާޔަތް

https://www.islamicfinder.org/news/8-doors-of-jannah/

މިއަދު އޮންލައިން