މީހަކު ބުނާ ބުނުމެއްގެ މައްޗަށް އަނެކާއަކީ ނުބައި މީހެއްކަމަށް ހީނުކުރާށެވެ! އެކަންވާނީ ކުރެވޭ ފާފައަކަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މީހަކު ބުނާ ބުނުމެއްގެ މައްޗަށް އަނެކާއަކީ ނުބައި މީހެއްކަމަށް ހީނުކުރާށެވެ! އެކަންވާނީ ކުރެވޭ ފާފައަކަށެވެ!: މުފްތީ މެންކް

މީހަކާއިމެދު ތިމާއަށް ޝައްކުކުރެވުނަސް އެކަން ޤަބޫލުކޮށް ޔަޤީންކުރަންވާނީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހުގައެވެ. އެކަން އެގޮތަށް ނުކުރެވުމުން ދުނިޔޭގައިވެސް ބޮޑެތި ދެރަތައް ލިބެނީ މަދަކުން ނޫނެވެ!

އެހެން މީހަކު ބުނާ ބުނުމެއްގެމައްޗަށް އަނެކާއަކީ ނުބައި މީޙެއްކަމަށް ހީކުރެވުމަކީ ފާފައެވެ. އަދި އިތުރު މީހެއްގެ ގާތު އެއީ ނުބައި މީހެއްކަމަށް ބުނެވިއްޖެނަމަ އެކުރެވުނީ އިތުރު ފާފައެވެ. މާބޮޑުފާފައެކެވެ.

ވީމާ އެއްވެސް މީހަކު ބުނާ ބުނުމުގެ މައްޗަށް އަނެކާއަކީ ނުބައި މީހެއްކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެކަން ޤަބޫލުކުރުމުގެ ކުރިން ތިމާ އަމިއްލައަށް އެކަން ބަލައި ކަށަވަރުކުރަންވާނެއެވެ. އެކަން ނުކުރެވޭނަމަ އެވާހަކަ ޤަބޫލުކޮށްގެން ނުވާނެއެވެ. ކުށްހީކުރުމަކީ ފާފައަކަށްވެގެންދަނީ މިސަބަބަށްޓަކައެވެ.

ގިނަފަހަރަށް މީސްމީހުންގެ ނުބައިކަމުގެ ވާހަކަތައް ފެތުރެނީ ތުންތުންމަތިންނެވެ. ގިނަފަހަރު ކަމުގެ ޙަޤީޤަތް ބަލާއިރު އެކަންވެފައި އޮންނަނީވެސް ދޮގު މައުލޫމާތެއް ކަމަށެވެ. ވާހަކަ ފުރަތަމަ ފެތުރިމީހާ ހޯދުންވެސް އޮންނަނީ އުނދަގޫކަމަކަށްވެފައެވެ.

ވީމާ މީސްތަކުންނާއިމެދު އިވޭ ކޮންމެ އަޑަކީ ތެދުކަމުގައި ނުދެކޭށެވެ. އެފަދަ ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. ނޫންނަމަ ތިމާއަށް ކުރެވޭ ހެޔޮ ޢަމަލުކޮޅުން އެފަދަ ވާހަކަތަކަށް ބަދަލުދޭން ޖެހި ނަރަކައަށްވެސް ވަންނަން ޖެހިދާނެއެވެ. ވީމާ މިއީ ކުދިކުދި ކަންކަމުގައި ހަމައެކަކުވެސް ދެކެގެން ނުވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން