ކޮންމެ ނަމާދެއްކުރިނަމަވެސް އެންމެ މަދުން ކިޔަވައިގެން ފުދެން އޮތް މިންވަރަށް ނުބަލައި އެންމެ ގިނައިން ކިޔެވެން އޮތް މިންވަރަށް ބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޮންމެ ނަމާދެއްކުރިނަމަވެސް އެންމެ މަދުން ކިޔަވައިގެން ފުދެން އޮތް މިންވަރަށް ނުބަލައި އެންމެ ގިނައިން ކިޔެވެން އޮތް މިންވަރަށް ބަލާށެވެ!

ނަމާދު ކުރުކުރަންވާނީ މުހިންމު ސަބަބެއް އޮވެގެންނެވެ. މިޘާލަކަށް ސުންނަތް ނަމާދުކުރާއިރު ކުރުކުރެވޭނެ ގޮތްތައް ހުރެއެވެ. އެގޮތްގޮތުން ކުރުކުރަންވާނީ ޙާލަތު ނިޔާކުރާގޮތުން މަޖުބޫރުވެގެންނެވެ. ކޮންމެހެން އަވަހަށް ނިންމަންޖެހޭ ކަމެއް ލަސްވާތީ، އޮފީހަށް ގަޑިޖެހޭތީ، ދަރިން ރޯތީ ފަދަ ކަންކަމާއި ގުޅިގެންނެވެ. 

އެފދަ މަޤްބޫލް ޢުޛުރެއް ނެތްނަމަ ސުންނަތް ނަމާދުތައްވެސް ވީހާ ފުރިހަމައަށް ކުރަމުން ގެންދާށެވެ. ޤިޔާމަތް ދުވަހު ނަމާދުގެ ޙިސާބު ބައްލަވާއިރު ފަރުޟު ނަމާދުން އުނިވާބައި ﷲ ތަޢާލާ އިރާދަކުރައްވަވަވާ އަޅަކަށް އޭނާގެ ސުންނަތް ނަމާދުތަކުން ލަވަވައިދެއްވަވާނެކަމަށް ވިސްނާށެވެ! ހަމައެއާއިއެކު ނަމާދަށް ހުންނައިރު އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމަށްދެކޭށެވެ. 

ސުންނަތް ނަމާދު ކުރުކުރަން މަޖުބޫރުވާ ޙާލަތުގައި އެކަންކުރުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް މިބަޔާންކުރި ކަންކަމަށް ވިސްނާށެވެ! އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ނަމާދު ވީހައި ދިގުކުރަން މަސައްކަތްކުރާށެވެ! ނަމާދުކުރަން ލޯބިވުމަކީ ނުވަތަ ކުރާހިތުން ނަމާދުކުރުމަކީ އެއީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ސުންނަތްކުރާއިރު ފަހުއައްތަހިޔާތު ކިޔަންޖެހޭނެތޯ ބައެއް މީހުން ސުވާލުކުރެއެވެ. އެސުވާލަށް ޖަވާބުދެއްވަމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އިބްރާހީމީ ޞަލަވާތް ނިމެންދެން ކިޔުމުން ފުދޭނެއެވެ. ނަމަވެސް ފުރިހަމަ ގޮތަކީ ފަހުބައިގާ އޮންނަ ދުޢާ ވެސް ނިންމާފައި ސަލާމް ދިނުމެވެ."

 

މިއަދު އޮންލައިން