މިހާރަކަށް އައިސް ބައިވެރިޔާ ނަމާދުކުރާކަން ބެލުން މިވަނީ ކުރަން ބީރައްޓެހި ކަމަކަށްވެފައެވެ. ނަމާދުކުރުމަކީ އެމީހަކަށް އިޚްތިޔާރުލިބިގެންވާ ކަމަކަށް ހަދައިފިއެވެ. އެކަމާއި ސުވާލުކުރުމަކީ އެއްވެސް ބޭނުމެއް ނެތް ކަމެއްކަމުގައިވެސް މިވަނީ ދެކެވެން ފަށައިފައެވެ.
އެހެނަސް އެކަން އޮތީ އެގޮތަކަށް ނޫނެވެ. އަނބިމީހާ ނަމާކުރާކަން ޔަޤީންކުރަން ފިރިމީހާއަށް ޖެހޭނެއެވެ. އަދި ފިރިމީހާ ނަމާދުކުރާކަން ޔަޤީންކުރަން އަނބިމީހާއަށް ޖެހޭނެއެވެ. ނަމާދުކުރަން ހިތްވަރުދޭންޖެހޭނެއެވެ. ހަނދާންކޮށްދޭންވެސް ޖެހޭނެއެވެ.
ސަބަބަކީ:
"ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދު އެޅުމަކީ މީހާ ދީނުން ބޭރުވާ ކަމެކެވެ.
ވީމާ، ދެމަފިރިން ކުރެ މީހަކު ނަމާދު ނުކުރާނަމަ ކައިވެނި ރޫޅޭނެއެވެ."
ފިރިމީހާއަކީ ޢާއިލާގެ އިސްމީހާ ކަމުގައި ވުމަކީ އޭނާ ނަމާދުކުރާކަން ޔަޤީންކުރަން އަނބިމީހާއަށް ނުޖެހޭނެ ސަބަބެއް ނޫނެވެ. މިބަޔާންކުރި ސަބަބަށްޓަކައެވެ.
ލޮބުވެތި ފިރިންނޭވެ! ޢާއިލާގެ އެންމެ އިސް މީހާ ކަމުގައިވުމަކީ ހަމައެކަނި އަމުރުކުރަން ލިބޭ ފުރުޞަތަކަށް ހަދައި ފަޚުރުވެރިވުމުގެ ކުރިން ތިމާގެ ބެލުމުގެދަށުގައިވާ އެންމެން (އަނބިދަރިން) ނަމާދުކުރޭތޯ ބަލަންވާނެއެވެ! ލޮބުވެތި އަނބިންނޭވެ! ފިރިމީހާއަކީ ނަމާދުކުރާ މީހެއްކަން ބަލަންޖެހޭނެއެވެ! ދެމީހުންކުރެ މީހަކީ ނަމާދުނުކުރާ މީހަކުކަމުގައި ވެއްޖެނަމަ ކައިވެނީގެ ޞައްޙަކަން ގެއްލިގެންދާތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން