ޤުރްއާން ކިޔަވާ މީހާއަށް ޖެހިފައިވާކަން އެނގޭ ބަލިތަކުންނާ ނުއެނގޭ ބަލިތަކުންވެސް ޝިފާ ދެއްވަވާނެ!: އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޤުރްއާން ކިޔަވާ މީހާއަށް ޖެހިފައިވާކަން އެނގޭ ބަލިތަކުންނާ ނުއެނގޭ ބަލިތަކުންވެސް ޝިފާ ދެއްވަވާނެ!: އިން ޝާ ﷲ: މުފްތީ މެންކް

މިވެނި އެވެނި ކަންކަން ތިމާއަށް އަމިއްލައަށް ޙައްލުކުރެވޭނެކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެއީ ކުށެކެވެ. އެހެނީ ކޮންމެ ކަމެއްގެވެސް ޙައްލުވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ޙައްލު ލިބުން އޮތީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން އެކަން އެމީހަކަށް މިންވަރުކުރެއްވެވުމުންނެވެ. 

ދެން ބަލައިލަންވީ ޤުރްއާނަށެވެ. ޤުރްއާން ކިޔަވާ މީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެމުންދާނެއެވެ. އިން ޝާ ﷲ. ހަމަ އެއާއިއެކު ޤުރްއާނަކީ ޝިފާއެކެވެ. 

ޤުރްރްޢާން ކިޔަވާ މީހާގެ ހިތް އިން ޝާ ﷲ ޠޯހިރުވަމުންދާނެއެވެ. އެކަމުގެ ސަބަބުން އެމީހާގެ ލޭވެސް ޠޯހިރުވަމުންދާނެއެވެ. އަދި ކީއްހެއްޔެވެ. ޖެހިފައިވާކަން އެނގޭ ބަލިތަކުންނާއި ނުއެނގޭ ބަލިތަކުން ޝިފާ ލިބެމުންދާނެއެވެ. އިން ޝާ ﷲ 

އެހެނަސް މިއަދު މައްސަލައަކަށް ވެގެން މިއުޅޭކަމަކީ ޤުރްއާނާއި ދުރަށް ޖެހެވޭކަމެވެ. ނުކިޔެވޭކަމެވެ. އުނގެނެން މަސައްކަތް ނުކުރެވޭ ކަމެވެ. ޢަމަލުނުކުރެވޭކަމެވެ. އަދި ކުރިން މިބުނި ކަންކަން ޙާޞިލުކުރެވޭނެކަން ޤަބޫލުވެސް ނުކުރެވޭކަމެވެ. 

މީސްތަކުންނޭވެ! ކީރިތި ޤުރްއާން ކިޔަވަން އޮތް މަގުން ކިޔަވާނަމަ އެމީހަކަށް ޖެހިފައިވާ ބަލިތަކުން ޝިފާ ލިބޭނެއެވެ. އިން ޝާ ﷲ. އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެމުންދާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން