އެންމެ ނަސޭޙަތެއް ޤަބޫލުކުރި އެދެމަފަރިން ފަދައިން އެ ނަޞޭޙަތް ޤަބޫލުކުރާ ކޮންމެ ދެމަފިރިއަކަށްވެސް އުފާވެރިކަން ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އެންމެ ނަސޭޙަތެއް ޤަބޫލުކުރި އެދެމަފަރިން ފަދައިން އެ ނަޞޭޙަތް ޤަބޫލުކުރާ ކޮންމެ ދެމަފިރިއަކަށްވެސް އުފާވެރިކަން ދެއްވަވާނެ!

އަހުރެމެން މުސްލިމުން ކުރާ ކޮންމެ ކަމެއްގައިވެސް ބަލަންވީ ޤުރްޢާނާއި ސުންނަތުގައި އޮތްމަގުން ކަންކަން ކުރުމަށެވެ. އެމަގު އަމިއްލައަށް ނުއެނގޭނަމަ އެނގޭ މީހުން ބުނުމުން ޤަބޫލުކުރަންވާނެއެވެ! ޢަމަލުވެސްކުރަންވާނެއެވެ! މުސްލިމުން ގޮތަކަށްވާންޖެހޭނީ އެގޮތެވެ!

އޭނާ އަހަރެންނަށް ގުޅާފައި ބުންޏެވެ. "ޝައިޚްއެވެ. ޝައިޚް އެދުވަހު ދެއްވި ނަޞޭޙަތް އަނބިމީހާ ޤަބޫލުކުރީތީ މިހާރު އަހަރެމެން ދެމަފިރިން ދިރިއުޅެމުން މިގެންދަނީ ދެމަފިރިއަކަށް ދިރިއުޅެވޭނެ އެންމެ އުފަލުގައެވެ."

އެ ނަޞޭޙަތަކީ ކެތްތެރިވުމެވެ. ކުރިމަތިވާ ކުދިކުދި ކަންކަމާއި އަރާރުންވެ ޒުވާބުނުކުރުމެވެ. އަނެކާގެ ކބައިން ފެންނަ އުނިކަންކަން އިޞްލާޙްކުރަން ފުރުޞަތުދީ އެމުއްދަތުގައި ކެތްތެރިވުމެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އަނިޔާވެރިވުމާއި ހިތުގައި ޖެއްސުންފަދަ ވޭންތަކުގައި ތިމާއަށް ގެއްލުން ލިބެމުންދާނަމަ އެކަމުން ސަލާމަތްވާން މަސައްކަތްނުކޮށް ކެތްތެރިވާކަށް ނުބުނާނަމެވެ. އެނޫންކަންކަމުގައި ކެތްރިވުމަކީ ހަމަކުރަންޖެހޭނެ ކަމެކެވެ. ވަކިމީހަކު ނޫނެވެ. ދެމަފިރިންވެސް މެއެވެ.

ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ކެތްތެރިންނަށް އިމެއްނެތި ނިޢުމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެ ކަމަށެވެ. އަދި ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށެވެ. އަދި ކެތެރިވެ ނަމާދުކުރުމުން ވާގިއެދުމަށެވެ. ވީމާ ހަމައެކަނި ކެތްތެރިވުމަކުންވެސް ނުފުދޭނެއެވެ. ކެތްތެރިވުމާއިއެކު ނަމާދުކުރަންވާނެއެވެ. އަދި ޛިކުރުކުރުން ގިނަކޮށް ﷲ ތަޢާލާގެ ހަޟްރަތަށް ދުޢާކުރުންވެސް ގިނަކުރަންވާނެއެވެ.

މީސްތަކުންނޭވެ! ކޮންމެ މީހެއްގެވެސް ބޭނުންތައް ތަފާތުވާނެއެވެ. ލޯބިކުރާ ކަންކަންވެސް ތަފާތުވާނެއެވެ. އެއީ ދެމަފިރިންނަމަވެސްމެއެވެ. ދެމީހަކު ކައިވެނިކުރާއިރަށް ދެމީހުންގެ ވިސްނުމާއި ފިކުރު އެއްގޮތްވެ ކުރަން ބޭނުންވާ ކަންކަން އެއްގޮތްވާނެ ކަމަށް ދެކެގެން ނުވާނެއެވެ. އެއްގޮތް ކުރެވެން ހުންނަ ކަންކަން އެއްގޮތްކުރަން މުއްދަތެއް ބޭނުންވާނެއެވެ. އެކަމަސް މަސައްކަތްކުރާ މުއްދަތުގައި ކެތްތެރިކަން އިސްކުރާށެވެ! ﷲ ތައާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން