މިހާރަކަށް އައިސް މީސްތަކުންނަށް އަނިޔާވެރިވެ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންގެ ވާހަކަ ދެއްކުމުން އެއީ ހުއްދަނޫން ކަމެއްކަމަށް ބުނާއަޑުއެބައިވެއެވެ. ޚުޠުބާތަކުގައި ކިޔާ ގޮތުންވެސް ހީވަނީ އެފަދަ ކަންކަން ކުރުމަކީ ބޮޑު ފާފައެއް ހެންނެވެ. އެއީ އެކަން އޮންނަ ގޮތްތޯއެވެ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން ސުވާލުގެ ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރާކަމަށެވެ.
(وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ) [رواه مسلم]
މާނައީ: "އަދި މުސްލިމެއްގެ ޢައިބެއް ވަންހަނާކޮށްދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް، ﷲ އެމީހާގެ ޢައިބު ވަންހަނާކޮށްދެއްވާނެއެވެ."
އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މުސްލިމެއްގެ ޢައިބުގެ ވާހަކަ ދެއްކުން ހުއްދައެވެ. އެފަދަ ޙާލަތްތަކަކީ:
– އަނިޔާލިބިގެންވާމީހާ އަނިޔާވެރިވާމީހާގެ ވާހަކަދެއްކުން
–މުންކަރާތްމަނާކުރުން
–ޝަރުޢީ ފަތުވާއެއްހޯދުން
–ޤަޞްދުގައި ފާޅުގައި ފާފަކުރާމީހުންގެ ވާހަކަދެއްކުން
–މަޝްހޫރުވުމުގެ ގޮތުން ފާފަކުރާމީހާގެ ވާހަކަ ދެއްކުން
- އަލްއަޚް މުޙައްމަދު މަޢޫން ޝަރީފް