މުސްލިމުންގެ ގައިގަ ޖަހާ ކޮންމެ ނުރައަކީ ދެއްވަވާ ނިޢްމަތެއް! ރަޙްމަތެއް!‍- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މުސްލިމުންގެ ގައިގަ ޖަހާ ކޮންމެ ނުރައަކީ ދެއްވަވާ ނިޢްމަތެއް! ރަޙްމަތެއް!‍- ޙަދީޘުން

"ނުރަ އިސްތަށި އުފުރުން ރަސޫލާ  މަނާކުރެއްވެވިއެވެ. އަދި އެއީ މުސްލިމުންގެ ނޫރެއް ނުވަތަ އަލިކަމެއް ކަމުގައި ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ." 

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ތިއަބައިމީހުން ނުރަ އިސްތަށި އުފުރައި ނުހަދާށެވެ. ހަމަކަށަވަރުން އެއީ މުސްލިމުންގެ ނޫރެވެ! ނުވަތަ އަލިކަމެވެ! މުސްލިމުންގެ ހަށިގަނޑުގައި ނުރައެއް ޖަހައިފިނަމަ އެއިގެ ސަބަބުން އެމީހަކަށް ހެޔޮކަމެއް ލިޔެވި، އޭނާގެ ދަރަޖަ މަތިވެރިވެއެވެ. ނުވަތަ އޭނާގެ ކިބައިން ފާފައެއް ފުހެވެއެވެ!"

(ޙަދީޘް ރިވާކުރެެއވީ އިމާމް އަޙްމަދު)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޙަދީޘްފުޅުން މިހައި ސާފުކޮށް މިކަންކަން އެނގެން އޮތްއިރު ނުރަ ކަޅުކުރުންވާނީ ތިމާއަށް ދެއްވެވި މިފަދަ ނިޢުމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟ އެކަންވާނީ ﷲ ތަޢާލާ ދެއްވެވި ނޫރު އަމިއްލައަށް ނިއްވައިލުމަށް ނޫންހެއްޔެވެ؟ އެހެނީ ނުރަ އިސްތަށި ކަޅުކުރުން އެއީ މުސްލިމުންނަށް ޙަރާމް ކަމެކެވެ. 

ގުޅުންހުރި ލިޔުން (އިސްލާމްކިޔޫއޭ އިން):

https://islamqa.info/en/answers/7227/ruling-on-dyeing-grey-hairs

 

 

 

 

 

މިއަދު އޮންލައިން