މަންމަ އާއި ބައްޕައަށްޓަކައި އެންމެ ފަހަރަކުނަމަވެސް މިފަދައިން ދުޢާކޮށްފިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މަންމަ އާއި ބައްޕައަށްޓަކައި އެންމެ ފަހަރަކުނަމަވެސް މިފަދައިން ދުޢާކޮށްފިން ހެއްޔެވެ؟

ޔާ ﷲ! 9 މަހަށްވުރެ ގިނަ ދުވަހު ބަނޑުގައި ބާއްވައިގެން މިއަޅާއަށްޓަކައި ބޮޑެތި ތަކްލީފްތައް އުފުލުމަށްފަހު މިއަޅާ ދުނިޔެއަށް އުފަންވުމުން މިއަޅާއަށްޓަކައި އެތައް ރެއެއްގެ އަރާމު ނިދި ނަގާލައި އަދި މިއަޅާ ބޮޑުވެ އެކަނި ހުރިހާ ކަމެއް ކުރެވޭވަރުވަންދެން އެއްވެސް އަމިއްލަ އެދުމެއް ނެތި މިއަޅާގެ ހުރިހާ ކަމެއް ވަރަށް ލޯބިން ކޮށްދިން މަންމަގެ ފާފަތައް ފުއްސަވައި ދެއްވަވައި މަންމައަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! ސުވަރުގޭގެ އެންމެ މަތީދަރަޖައިގައި ލައްވަވާނދޭވެ! 

ޔާ ﷲ! އަދި މަންމަގެ ބަނޑުގައި މިއަޅާ އަށަގަތީންސުރެ ބުރަމަސައްކަތްކޮށްގެން ލިބުނު ފައިސާއިން ބައްޕަގެ އަމިއްލަ ބޭނުންތައް ނުފުއްދައި މިއަޅާއަށް ހޭދަކޮށް ބަލައިބޮޑުކޮށް ކިޔަވައިދީ ހުރިހާ ޚަރަދުތަކެއް ކޮށްދިން ބައްޕަގެ ފާފަތައް ފުއްސަވައި ދެއްވަވައި ބައްޕައަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! ސުވަރުގޭގެ އެންމެ މަތީދަރަޖައިގައި ލައްވަވާނދޭވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ! ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ޚިދުމަތްކުރުމަކީ އެންމެ ބޮޑު އުފާކަމުގައި ދެކޭށެވެ! އެމީހުން ނިޔާވެފައިވާނަމަ އެމީހުންނަށްޓަކައި އާޚިރަތް ދުވަހު ފައިދާކުރާނެ ޢަމަލުތައްކުރާށެވެ! އަބަދުވެސް އެމީހުންނަށްޓަކައި ހެޔޮދުޢާކުރަމުން ގެންދާށެވެ! 

އެކަންކަމަކީ ތިބާ ސުވަރުގެ ވައްދަވާނެ ސަބަބުކަމުގައި ވުމަށް އެދޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން