ރޯދަ ދޫކޮއްލެވުމުން ކައްފާރާ އަކަށް މިސްކީނުންނަށް ކާންދޭންވާއިރު، މާލެސިޓީން މިސްކީނުން ހޯދާނީ ކޮންތަނަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރޯދަ ދޫކޮއްލެވުމުން ކައްފާރާ އަކަށް މިސްކީނުންނަށް ކާންދޭންވާއިރު، މާލެސިޓީން މިސްކީނުން ހޯދާނީ ކޮންތަނަކުންތޯ؟

ލައްފާރާ އަދާކުރަން މިސްކީނަކަށް ކާންދިނުމަށް، މާލެސިޓީން މިސްކީނުން ހޯދަން އުނދަގޫވެގެން އެކަންކުރާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ޝިފާ ލިބޭނެ ކަމުގެ އުއްމީދެއް ނެތް ބަލީގެ އަހްލުވެރިން ރޯދަ ދޫކޮށްލުމަށްފަހު ކައްފާރާއަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. (ދޫކޮށްލި ކޮންމެ ރޯދައަކަށް އެއް މިސްކީނަށް) 

ކައްފާރާ އަދާ ކުރުމަށްޓަކައި މިސްކީނަކު ނުފެނިއްޖެނަމަ ﷲ ގެ މަގުގައި ޖިހާދު ކުރާ މީހަކަށް ނުވަތަ އެނޫންވެސް ޒަކާތް ޙައްގުވާ މީހަކަށް ދެވިދާނެއެވެ. ޒަކާތް ޙައްގުވާ މީހުންނަކީ ފަގީރުންނާއި މިސްކީނުން، ޒަކާތް ނެގުމުގެ މަސައްކަތުގައި އުޅޭމީހުން، އަލަށް އިސްލާމްވެފައިވާ މީހުން، އަޅުން، ދަރަނިވެރިން، ﷲ ގެ މަގުގައި ޖިޙާދު ކުރާ މީހުންނެވެ. والله أعلم  

އިތުރު ސުވާލެއް: 

ގަޟާ ރޯދަ ހަމައެކަނި ހުކުރު ދުވަހު ހިފިދާނެތޯ؟ 

ރަމަޟާން މަހު ގެއްލިފައިވާ ރޯދަ ގަޟާ ކުރިނަމަވެސް، ސުންނަތް ރޯދަ އެއް ހިފިނަމަވެސް ހުކުރު ދުވަހު ރޯދަ ހިފާނަމަ ނުވަތަ ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ އޭގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފަންވާނެއެވެ.( ހުކުރު ނުވަތަ ހޮނިހިރު ދުވަހު އެކަނި ރޯދަހިފުމެއް ނެތެވެ. ގުޅުވައިގެން އިތުރު ދުވަހަކުހިފަންވާނެއެވެ.) والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަދު އޮންލައިން