ޙަދީޘް ޤަބޫލުނުކުރާ މީހުންގެ ވިސްނުން ފުރިހަމަ ނޫންކަމުގެ ބައެއް ހެކިތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޙަދީޘް ޤަބޫލުނުކުރާ މީހުންގެ ވިސްނުން ފުރިހަމަ ނޫންކަމުގެ ބައެއް ހެކިތައް-

ރަސޫލް ކުރައްވަވާފައިވާ ޙަދީޘްފުޅުތައް ޤަބޫލުކުރަން ބޭނުންނުވާ ބައަކު އުޅެއެވެ. އަހުރެން ބުނާނީ އެމީހުންގެ ސިކުނޑީގައި ވަރަށް ބޮޑު އުނިކަމެއް ހުންނާނެ ކަމަށެވެ. މިބަޔާން ކުރަނީ ވަރަށް އާދައިގެ ފެންވަރުން ވިސްނި ނަމަވެސް މިބުނިބަހުގެ ތެދުކަން ޘާބިތުކުރެވޭނެ ބައެއް ހެކިތަކެވެ.

މީގެ 1400 އަހަރުކުރިން:

މައްކާގެ ގެތައް ފަރުބަދަތަކާ އެއްވަރަށް އުހަށް އުފުލޭނެކަމަށް ވިސްނުނީ ކާކަށްހެއްޔެވެ؟

މައްކާގެފަރުބަދަތަކުގެ އަޑިން މަގުހަދައިގެން ދަތުރުކުރާނެކަން އެނގުނީ ކާކަށް ހެއްޔެވެ؟

އަންހެނުން ފޭރާންލައި ނިވާނުވެ ތިބޭނެކަން އެނގުނީ ކާކަށްހެއްޔެވެ؟

ބާޒާރުތަކުގައި އަންހެނުން އެމީހުންގެ ފައިގެ ފަލަމަސްގަނޑު ދައްކައިގެން އުޅޭނެކަމަށް ޤަބޫލުކުރީ ކާކު ހެއްޔެވެ؟

މިއީ ވަރަށް އާދައިގެ ކަންކަމެވެ. އެންމެންނަށް ފެންނަން ހުރި އެތައް ބައިވަރު ކަންކަމުގެ ތެރެއިން މަދު ކަންކަމެވެ. މިގޮތަށް ކިތަންމެ ގިނަ ކަންތައްތަކެއްގެ ވާހަކަވެސް ދެއްކިދާނެއެވެ. ރަސޫލް ގެ ކޮންމެ ޙަދީޘްފުޅަކީ މުޢްޖިޒާތެއްކަން އެނގިގެން މިދަނީ މީގެ 1400 އަހަރުކުރިން މިއަދު ހިނގާނެކަންކަން ޙަދީޘްފުޅުކުރައްވަވާފައިވާތީއެވެ. އަދި އެންމެ ޙަދީޘްފުޅެއް ދޮގަކަށްނުވެ ޙަޤީޤަތަކަށްވަމުން އަންނާތީއެވެ.

ޙަދީޘްފުޅުތަކަކީ ޞައްޙަ ތެދުކަން ދަލީލުތަކުން ފެންނަމުންދާއިރު ޙަދީޘްފުޅުތައް ޤަބޫލުނުކުރާ މީހުންގެ ވިސްނުމުގައި އުނިކަމެއް ހުންނާނެއެވެ. އެހެނީ އޭނާގެ ވިސްނުން ފުރިހަމަނަމަ ކޮންމެ ޙަދީޘްފުޅެއް އެއީ ތެދުކަން ސާބިތުވަމުން އަންނައިރު އެކަންކަން ޤަބޫލުކުރާނެތީއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން