ބަންގީގެ އަޑުއިވުމުން ވަގުތުން ޢިޖާބަނުދޭ މީހާ އެނަގައިލަނީ ބޭނުން އެއްޗެއް ހިފައިގެން މިސްކިތުން ފައިބަން ލިބެން އޮތް ރަނުގެ ފުރުޞަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ބަންގީގެ އަޑުއިވުމުން ވަގުތުން ޢިޖާބަނުދޭ މީހާ އެނަގައިލަނީ ބޭނުން އެއްޗެއް ހިފައިގެން މިސްކިތުން ފައިބަން ލިބެން އޮތް ރަނުގެ ފުރުޞަތެކެވެ!

ބަންގީގެ އަޑު އިވުނުނަމަވެސް ގިނަ މީހުން މިސްކިތަށް ދަނީ އެމީހަކު އެވަގުތަކުކުރަން ހުރި މަސައްކަތްނިންމައިފައެވެ. އެކަމުގެ ސަބަބުން ގިނަ މީހުންނަށް ޖަމާޢަތުގައި ބައިވެރިވެވެނީ އިމާމް މީހާ ނަމާދަށްފަށާފަހުންނެވެ.

އެއިރުން މިވާގޮތަކީ ކޮންމެ ނަމާދަކާއި ގުޅިގެން ލިބެން އޮތް ރަނުގެ ފުރުޞަތު ދޫކޮށްލެވެނީއެވެ. އެހެނީ ބަންގިދިނުމާއި ޤަމާތްދިނުމާއި ދެމެދަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތަކުގެތެރެއިންވާ ވަޤުތެކެވެ. ރަނުގެ ފުރުޞަތެކެވެ. އެފަދަ އަގުބޮޑު ފުރުޞަތެއް ގެއްލުވާލަން ހެޔޮވެދާނެހެއްޔެވެ؟

ވަގުތަށް މިސްކިތަށް އަރާށެވެ. ރަވާތިބު ސުންނަތްކުރާށެވެ. އަދި އެމީހަކު އެދެންހުރި ކަންކަމަށް އެދި ދުޢާކުރާށެވެ! އިމާމް މީހާ ނަމާދުފަށަން ޤަމަތްދިނުމާއިދެމެދު ލިބެން އޮތް މިރަނުގެ ފުރުޞަތު ދޫކޮށްނުލާށެވެ!

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން